ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ކަސްބީ ވިޔަފާރީގެ މަރުކަޒަކީ އިސްރާއީލް
ދުނިޔެ

ކަސްބީ ވިޔަފާރީގެ މަރުކަޒަކީ އިސްރާއީލް

އއިބްރާހީމްް ސަމީރު9 ފެބްރުއަރީ 2026
އިސްރާއީލުގެ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން ހާމަކުރި އާ ހިސާބުތަކާއެކު، އެ ގައުމުގައި ކަސްބީ ވިޔަފާރީގެ މައްސަލަތަކަށް ހައްލު ހޯދުމުގައި ހުރި ގޮންޖެހުންތަކާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
  • އަންދާޒާކުރެވޭ ގޮތުގައި އިސްރޭލުގ ގާތްގަނޑަކަށް 14،000 ކަސްމީން ހަށިވިއްކުމުގެ މަސައްކަތުގައި އުޅެއެވެ.،
  • މި ނުރައްކާތެރި ވިޔަފާރީގެ ތެރެއަށް ކުދިން ވަންނަ އެވްރެޖް އުމުރު 13 އަހަރަށް ދަށްވެފައިވެއެވެ.
  • ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މިއީ ގައުމީ ފެންވަރުގައި ސަމާލުވާންޖެހޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
  • ގިނަ ކުދިން މި މަސައްކަތަށް މަޖުބޫރުވަނީ އިންޓަނެޓް މެދުވެރިކޮށް ދަސްކޮށްދޭ ނުބައި އާދަތަކާއި ނުވަތަ މާލީ ދަތިކަމުގެ ސަބަބުން ކަމަށްބުނެއެވެ،
  • މިހާރު ހުރި ގާނޫނުތަކުން މިކަން ހުއްޓުވުމަށް އެކަށީގެންވާ ބާރެއް ނުލިބޭ ކަމަށް ކަމާބެހޭ އޮފިޝަލުން ފާހަގަކުރެއެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރާ ފުލުހުންގެ ޔުނިޓްތަކަށް މުވައްޒަފުން މަދުވުމުން، ގާނޫނީ ލޫޕްހޯލްތަކުގެ ބޭނުން ހިފައިގެން "މަސާޖް ކުރާތަންތަން" ނުވަތަ "އަމިއްލަ އެޕާޓްމަންޓް" ތަކުގައި ކުޑަކުދިންލައްވައ ކަސްބީ މަސައްކަތް  ހިންގަމުންދާ ކަމަށް އެންޖީއޯތަކުން ބުނެއެވެ. މި ފަހަކަށް އައިސް ފެންމަތިވި ޓްރަމްޕާއި ޔަހޫދީއެއްކަމަށްވާާ އެޕްސްޓީންގެ ހާދިސާތަކުގެ ސަބަބުން އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. ސޯޝަލް މީޑިއާ ބޭނުންކޮށްގެން 14 އަހަރާއި 16 އަހަރާ ދެމެދުގެ އަންހެން ކުދިން ހޯދައި، އެކި ސިޓީތަކުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިން ނެޓްވޯކެއް ވެސްފުލުހުން ވަނީ އަތުލައިގެންފައެވެ. މީގެ އިތުރުން، ޓެލް އަވީވްގެ އެޕާޓްމަންޓެއްގައި ކަސްބީ މަސައްކަތް ކުރަން ހުރި 15 އަހަރުގެ ކުއްޖަކު ފެނުމުން ކަމާބެހޭ އިދާރާތަކުން ވަނީ އެކަމުގެ ތެރެއަށް ވަދެފައެވެ. ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިޒްރޭލުގެމިހާރު އޮތް ގާނޫނީ އޮނިގަނޑު ބޮޑަށް އަމާޒުވެފައިވަނީ ކަސްބީ ޚިދުމަތް ގަންނަ މީހުންނަށް އަދަބު ދިނުމަށެވެ. ނަމަވެސް، މިކަމުގެ ޝިކާރައަކަށްވާ ކުދިން އަލުން މުޖުތަމައަށް ނެރުމަށް ބޭނުންވާ ރިހެބިލިޓޭޝަން ޚިދުމަތްތަކާއި ރައްކާތެރި ހިޔާވަހިކަން ނެތުމުގެ ސަބަބުން، ގިނަ ކުދިންނަށް މަޖުބޫރުވަނީ އަނެއްކާވެސް އެ ނުރައްކާތެރި މާހައުލަށް އެނބުރި ދިއުމަށެވެ. އިސްރޭލަކީ ޖިންސީ ވިޔަފާރީގައި އުޅޭ މީހުން ފިލަން ދާ ގައުމުވެސް މެއެވެ. ޕޯންހަބްފަދަ ބަރަހަނާ ސައިޓްތަކުގެ ވިޔަފާރި ހިންގާ އޯނަރުންނަކީ ޔަހޫދީ ފާދިރީންނެވެ

ގުޅުންހުރި ޚަބަރު