ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ޕާކިސްތާނުގެ ބޭސް އެތެރެކުރުން އަފްޣާނިސްތާނުން މަނާކޮށްފި
ދުނިޔެ

ޕާކިސްތާނުގެ ބޭސް އެތެރެކުރުން އަފްޣާނިސްތާނުން މަނާކޮށްފި

އއިބްރާހީމްް ސަމީރު11 ފެބްރުއަރީ 2026
އަފްޣާނިސްތާނަށް ބޭނުންވާ ޒަރޫރީ ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ޕާކިސްތާނުން އުފައްދާ ބޭސް އެތެރެކުރުން ތާލިބާން ސަރުކާރުން ހުއްޓާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އަފްޣާނިސްތާނުގެ ހެލްތު މިނިސްޓްރީން ނިކޭ އޭޝިއާ އަށް ދީފައިވާ މައުލޫމާތުގައެވެ. މި ނިންމުމަކީ ކާބުލް އާއި އިސްލާމްއާބާދާ ދެމެދު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި ނިންމާފައިވާ ނިންމުމެކެވެ. އަފްޣާން ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ފިޔަވަޅަކީ ބޭސް ސަޕްލައިކުރާ ފަރާތްތައް އިތުރުކޮށް، ގައުމުގެ އެތެރޭގައި ބޭސް އުފެއްދުމުގެ ސިނާއަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. އަފްޣާނިސްތާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ޕާކިސްތާނަށް ބަރޯސާވާ މިންވަަރު ކުޑަކުރުމުގެ ގޮތުން މިހާރު ބޭސް ހޯދުމަށް މަސައްކަތް ކުރަމުންދަނީ ޗައިނާ، އިންޑިއާ، އީރާން އަދި މެލޭޝިއާ ފަދަ ގައުމުތަކުންނެވެ. މި ބަދަލު އައިސްފައިވަނީ ސަލާމަތީ ކަންކަމާއި، މުދާ އުފުލުމާއި، އަދި ސިޔާސީ މައްސަލަތަކާ ގުޅިގެން ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރިތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ވަގުތެއްގައެވެ. މި ނިންމުމުގެ ސަބަބުން އަފްޣާނިސްތާނުގެ ބަލިކަށި ސިއްހީ ނިޒާމަށް ވަނީ އިތުރު ލޮޅުންތަކެއް އަރާފައެވެ. އެ ގައުމުގެ ފާމަސީތަކާއި ހޮސްޕިޓަލްތަކުން މިހާރުވެސް އަންނަނީ އަގުހެޔޮކޮށް ބޭސް ހޯދުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ. ހެލްތު މިނިސްޓްރީން ވަކާލާތު ކުރާ ގޮތުގައި، ގައުމުގެ އެތެރޭގައި ބޭސް އުފެއްދުން އިތުރުކުރުމަކީ ދިގު މުއްދަތުގައި ސިއްހީ ދާއިރާ ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، ކުރު މުއްދަތެއްގައި ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެގެންދާނެ ކަމަށް މާހިރުން އަންނަނީ އިންޒާރު ދެމުންނެވެ.

ގުޅުންހުރި ޚަބަރު