ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އެތައް ހާސް ބައެއްގެ ހަށިގަނޑު ވިރިގެން ގޮސްފި
ދުނިޔެ

އެތައް ހާސް ބައެއްގެ ހަށިގަނޑު ވިރިގެން ގޮސްފި

އއިބްރާހީމްް ސަމީރު11 ފެބްރުއަރީ 2026
އިޒްރޭލުން ޣައްޒާގައި ބޭނުންކުރަމުންދާ ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ ނުރައްކާތެރި ހަތިޔާރުތަކުގެ ސަބަބުން، ފަލަސްތީނުގެ އެތައް ހާސް ބައެއްގެ ހަށިގަނޑު އެއްކޮށް ވިރި، އަޅިއަށް ވެފައިވާކަން އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެއެވެ. އަލްޖަޒީރާގެ ޕްރޮގްރާމުން ތައްޔާރުކުރި މި ތަހުގީގުގައި ބުނެފައިވާ ގޮތުން، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި 2,842 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ޣައްޒާގެ ސިވިލް ޑިފެންސް އާއި މެޑިކަލް ޓީމުތަކުން ދީފައިވާ މައުލޫމާތަށް ބިނާކޮށް މި ރިޕޯޓުގައި ބުނެފައިވަނީ، އިޒްރޭލުން ބޭނުންކުރަމުންދާ "ތާމޯބަރިކް" ނުވަތަ ވެކިއުމް ބޮންތަކުގެ ސަބަބުން ގާތްގަނޑަކަށް 3,500 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މަތިވާ ކަމަށެވެ. މި ހޫނުމިނުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި ހުންނަ ދިޔާ ތަކެތި ހިކި، މަސްތަކާއި ކަށިތައް ސިކުންތުކޮޅެއްގެ ތެރޭގައި އަޅިއަށް ބަދަލުވެގެންދެއެވެ. މި ހިތާމަވެރި ހާދިސާތަކާ ގުޅޭގޮތުން ވާހަކަދެއްކި ރަފީގު ބަދްރާން ކިޔާ މީހަކު ބުނި ގޮތުގައި، އިޒްރޭލުން ދިން ހަމަލާއެއްގައި އޭނާގެ ހަތަރު ދަރިން ވަނީ ޝަހީދުވެފައެވެ. ނަމަވެސް އެ ކުދިންގެ ހަށިގަނޑު ހޯދަން މަސައްކަތް ކުރިއިރު، ފެންނަން ހުރީ ހަމައެކަނި ކަޅުކުލައިގެ ވެއްޔާއި ބައެއް ލޭގެ އަސަރު އެކަނި ކަމަށް އޭނާ ކިޔައިދިނެވެ. ހަމައެފަދައިން، ތާބިއީން ސްކޫލަށް ދިން ހަމަލާގައި ޝަހީދުވި ސައުދު ނަމަކަށް ކިޔާ ކުއްޖެއްގެ މަންމަ ޔާސްމީން ބުނީ، ހޮސްޕިޓަލްތަކާއި މޯގުތައް ބެލިއިރުވެސް ދަރިފުޅުގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށެވެ. ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަޞަލް ވިދާޅުވީ، ހަމަލާދޭ ގެތަކުގައި ތިބި މީހުންގެ އަދަދު ކަށަވަރުވެފައި އޮތް ނަމަވެސް، އިމާރާތްތަކުގެ ދަށުން ފެންނަނީ އެއަށްވުރެ މާ މަދު ހަށިގަނޑުތަކެއް ކަމަށެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިވާ ކަމެއް ނޫން ކަމަށާއި، މީގެއިން ދޭހަވަނީ ބައެއް ހަށިގަނޑުތައް އެއްކޮށް ވިރިގެން ގޮސްފައިވާކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ޚަބަރު