ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ސުލްހައިގެ މޭޒު ދޮށުން އިބްލީސް ޖާގަ ހޯދައިފި
ދުނިޔެ

ސުލްހައިގެ މޭޒު ދޮށުން އިބްލީސް ޖާގަ ހޯދައިފި

އއިބްރާހީމްް ސަމީރު12 ފެބްރުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ ފޭރިގަތުމަށް އެކުލަވާލައްވާފައިވާ ސުލްހައިގެ މަޖިލީހުގައި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރަސްމީކޮށް ބައިވެރި ވެއްޖެވެ. ޓްރަމްޕްގެ ނުލަފާ ރޭވުން ކާމިޔާބުކުރުމަށް އިބްލީސްގެ ދައުރުއަދާ ކުރުމަށް ނަތަންޔާހޫ ބޭންދުމަކީ މުހިންމުކަމެއް ކަމަށް ގިނަބަޔަކު ދެކެއެވެ. މިކަލޭގެއަކީ ފަލަސްޠީނުގެ ޖެނޮސައިޑް ހިންގި މުޖުރިމެވެ. މިހާރު ސުލްހަވެރިއެއްގެ ގޮތުން މީނާ އިންނާނީ މޭޒުގެ ކޮޅުގައެވެ. ކޮންފަދަ ޖޯކެއް ހެއްޔެވެ؟މުސްލިމުންނާއި އަރަބި އަހުންނަށް ކޮންފަދަ މަލާމާތެއް ހެއްޔެވެ؟ ވޮޝިންގޓަންގެ ބްލެއަރ ހައުސްގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ނަތަންޔާހޫ ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އޭނާގެ ލިޔުން ހަވާލު ކޮށްފައެވެ. މި މަޖިލީހުގެ މައިގަނޑު މަގްސަދަކީ ޓްރަމްޕް ބޭނުންވާ ގޮތަށް ފަލަސްޠީނު މީހުން އަތުން ޣައްޒާ ފޭރި ގަތުމަށް އެހީތެރިވެ ދުިނުމެވެ. މިކަމުގެ އިސް ސަފުގައި ތިބީ މުދާވިއްކާ ވިޔަފާރިވެރިއަކާއި، ސުލްހައަށްވުރެ ބޮޑަށް ހަނގުރާމައަށް އިސްކަންދޭ ކަމަށް ތުހުމަތު ކުރެވޭ މުޖުރިމެކެވެ. މިހާތަނަށް ދުނިޔޭގެ ދެބައިކުޅަ އެއްބައި ގައުމުތަކުން ހިޔަޅުންގެ ބޯޑުގައި ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ އދ. އެއްފަރާތްކޮށް، އެމެރިކާއާއި އިސްރާއީލުގެ ބާރު މުޅި ސަރަހައްދުގައި ގަދަކުރުމަށް ހިންގާ އުކުޅެކެވެ. މިއީ "ޓެކްނޮކްރެޓިކް" ފަލަސްތީނުގެ ސަރުކާރެއް އުފެއްދުމުގެ ނަމުގައި ވޮޝިންގޓަންގެ ބޯޑްރޫމްތަކުން ނިންމާ ނިންމުންތަކެއް ތަންފީޒުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. ނަތަންޔާހޫ ބޭނުން ވަނީ ހަމާސްގެ ހަތިޔާރު އަތުލުމާއި، އެ ޖަމާއަތް މުޅިން ނައްތާލުމެވެ. އަދި ފަލަސްޠީނު އެއްކޮށް އަރަބިންނާއި މުސްލިމުންގެ ރުހުމާއެކު ދިރުވާލުމެވެ.

ގުޅުންހުރި ޚަބަރު