ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ފުލުހުންނަށް ދިން ހަމަލާއެއްގައި 4 ފުލުހުން މަރުވެއްޖެ
ދުނިޔެ

ފުލުހުންނަށް ދިން ހަމަލާއެއްގައި 4 ފުލުހުން މަރުވެއްޖެ

އއިބްރާހީމްް ސަމީރު13 ފެބްރުއަރީ 2026
ޕާކިސްތާނުގެ ދޭރާ އިސްމާއިލް ޚާން ސަރަހައްދުގައި ފުލުހުންނާއި ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް ގުޅިގެން ހިންގި ސާޗް އޮޕަރޭޝަނެއްގެ ތެރެއިން ޓެރަރިސްޓުން ދިން ހަމަލާއެއްގައި، ޕަނިއާލާ ފުލުސް ސްޓޭޝަނުގެ ވެރިޔާއާއެކު ހަތަރު ފުލުހުން މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށް، ފިލައިގެން ތިބި ޓެރަރިސްޓުން ކުއްލި ގޮތަކަށް ފުލުހުންނަށް ބަޑީގެ ހަމަލާތަކެއް ދިނުމުގެ ސަބަބުންނެވެ. މި ހަމަލާގައި އިތުރު ހަތަރު ފުލުހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަނިޔާވި ފަރާތްތަކަށް މިހާރު ޓްރޯމާ ސެންޓަރުގައި ފަރުވާ ދެމުންދާއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާއާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދު ވަށާލައި، ޓެރަރިސްޓުން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ޚައިބަރު ޕަޚްތޫންޚުވާގެ ޗީފްމިނިސްޓަރ ސުހައިލް އަފްރީދީ ވަނީ މި ހާދިސާ ކުށްވެރިކުރައްވައި، މަރުވި ފުލުހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އޭނާ ވިދާޅުވީ "ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ފުލުހުން ތިބީ އެންމެ ކުރީ ސަފުގައި" ކަމަށާއި، މިފަދަ ފިނޑި ހަމަލާތަކުން ފުލުހުންގެ އަޒުމް ގުޑުވާނުލެވޭނެ ކަމަށެވެ. ސަރުކާރުން ވަނީ މަރުވި ފުލުހުންގެ އާއިލާތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި ޓެރަރިޒަމް މުޅިން ނައްތާލުމަށްޓަކައި ވަރުގަދަ އަދި ނަތީޖާ ނެރެވޭނެ ފަދަ ސިޔާސަތުތަކެއް އެކުލަވާލައި، ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރާނެ ކަމަށްވެސް ސުހައިލް އަފްރީދީ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު