ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ޔޫއޭއީގެ ސްކޫލްތަކުގައި ޗޮކްލެޓާއި ޗިޕްސް އަދި ސޮފްޓް ޑްރިންކްސް މަނާކޮށްފި
ދުނިޔެ

ޔޫއޭއީގެ ސްކޫލްތަކުގައި ޗޮކްލެޓާއި ޗިޕްސް އަދި ސޮފްޓް ޑްރިންކްސް މަނާކޮށްފި

އއިބްރާހީމްް ސަމީރު13 ފެބްރުއަރީ 2026
ޔުނައިޓެޑް އެރަބް އެމިރޭޓްސް ގެ ސްކޫލްތަކުގައި ސޮފްޓް ޑްރިންކްސް އާއި ޗޮކްލެޓް އަދި  ޗިޕްސް ބޭނުންކުރުން މުޅިން މަނާކޮށްފިއެވެ. މިއީ ދަރިވަރުންގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެގައުމުގެ ތައުލީމީ ވުޒާރާއިން ނިންމި ނިންމުމެކެވެ. މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫއޭއީގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެލާޖީވާ ފަދަ ނަޓްސްގެ ބާވަތްތަކާއި، އާޓިފިޝަލް ކުލަ ޖައްސާފައިވާ ކާނާގެ އިތުރުން ހަކުރު ގިނަ ކާބޯތަކެތި ވެސް ސްކޫލްތަކުގައި ބޭނުންކުރުން މަނާކޮށްފައެވެ. މި ނިންމުމާ ގުޅިގެން ތައުލީމީ ދާއިރާގެ އިދާރާތަކުން ވަނީ ބެލެނިވެރިންނަށް ޚާއްސަ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ކުދިންނަށް ސިއްހަތަށް ފައިދާހުރި ހެނދުނުގެ ނާސްތާ ދިނުމަށާއި، ތާޒާ މޭވާއާއި، ފެޓް މަދުން ހިމެނޭކިރާއި، ޔޯގަޓް އަދި ތެލުލާފައި ނުވާ ފިހެފައިވާ ކާނާ ދިނުމަށް ވަނީ ބާރުއަޅާފައެވެ. މީގެ އިތުރުން، ސްކޫލްތަކުގެ މެނޭޖްމަންޓްތަކަށް ވަނީ ދަރިވަރުން ސްކޫލަށް ގެންދާ ލަންޗް ބޮކްސްތައް ޗެކްކުރުމަށް ވެސް އަންގާފައެވެ. މިއީ މަނާކޮށްފައިވާ ތަކެތި ދަރިވަރުން ސްކޫލަށް ގެންދޭތޯ ބެލުމަށް އެޅި ފިޔަވަޅެކެވެ.

ގުޅުންހުރި ޚަބަރު