ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ދުބާއީ ޕޯޓް ވާލްޑްގެ ސީއީއޯ އާއި ޖެފްރީ އެޕްސްޓީންއާ ދެމެދު އޮތް ގުޅުން ހާމަވުމުން ކުންފުންޏަށް ބޮޑު ލޮޅުމެއް
ދުނިޔެ

ދުބާއީ ޕޯޓް ވާލްޑްގެ ސީއީއޯ އާއި ޖެފްރީ އެޕްސްޓީންއާ ދެމެދު އޮތް ގުޅުން ހާމަވުމުން ކުންފުންޏަށް ބޮޑު ލޮޅުމެއް

އއިބްރާހީމްް ސަމީރު13 ފެބްރުއަރީ 2026
ދުނިޔޭގެ އެންމެ ބޮޑު އެއް ޕޯޓް އޮޕަރޭޓަރު ކަމަށްވާ ދުބާއީ ޕޯޓް ވާލްޑް (ޑީޕީ ވޯލްޑް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން އަހުމަދު ބިން ސުލައިމް އާއި، ޖިންސީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށް މަރުވި އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާ ދެމެދު ގާތް ގުޅުމެއް އޮތްކަން ހާމަވުމާ ގުޅިގެން އެ ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ބޮޑެތި އިންވެސްޓްމަންޓް އިދާރާތަކުން ވަނީ އެ ކުންފުންޏާއެކު އޮތް މުއާމަލާތްތައް މެދުކަނޑާލަން ފަށާފައެވެ. ސުލައިމްވަނީ ކުޑަކުދިންނަށް އަނިޔާކުރުމަށް ހިތްވަރުދީ އެކަން މަޖާކަމަކަށް ހަދާފައެވެ. ސުލައިމްގެ އިތުރުން ޔޫއޭއީގެ އިސްޑިޕްލޮމޭޓަކު އޭނާގެ އުމުރު ހަމަނުވާ ކޮއްކޮ އެޕްސްޓީނަށް ހޯދައިދޭން އުޅުމާއި އަދި އެހެން މަސްއޫލުވެރިއަކު ގެފުޅުގެއުރަކޮޅު އެޕްސްޓީނަށް ދިންކަން ހމަވުމުން ޔޫއޭއީގެ އަގުވެއްޓި ބޭޒާރުވެފައިވެއެވެ. މިއީ އިޚުވާނުލްމުސްލިމޫންއާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ހަނގުރާމަ ފެށި ގައުމަށް ޖެހުނު ހާލެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، 2008 ވަނަ އަހަރު އެޕްސްޓީންގެ މައްޗަށް ކުށް ސާބިތުވި ފަހުން ވެސް ބިން ސުލައިމް އާއި އޭނާއާ ދެމެދު މުއާމަލާތްތައް ހިނގާފައިވެއެވެ. އާންމުވި އީމެއިލްތަކުގައި ވިޔަފާރީގެ އެކި މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެމެރިކާގެ ކޮންގްރެސްގެ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، މި ގުޅުން އިތުރަށް ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ. މި ހަބަރު ފެތުރުމާއެކު، އިނގިރޭސިވިލާތުގެ ބްރިޓިޝް އިންޓަނޭޝަނަލް އިންވެސްޓްމަންޓް އާއި ކެނެޑާގެ ކެބެކް ޕެންޝަން ފަންޑުން ވަނީ ޑީޕީ ވޯލްޑާއެކު ކުރިއަށް އޮތް ތަނުގައި އެއްވެސް އިންވެސްޓްމަންޓެއް ނުކުރުމަށް ނިންމާފައެވެ. މި އިދާރާތަކުން ބުނެފައިވަނީ މި މައްސަލައިގައި ކުންފުނިން ސާފު ފިޔަވަޅުތަކެއް އަޅަންދެން އިންވެސްޓްމަންޓްތައް މަޑުޖައްސާލާފައިވާ ކަމަށެވެ. އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، މި މައްސަލައިގެ ސަބަބުން ހަމައެކަނި ޑީޕީ ވޯލްޑަށް ގެއްލުންވުމުގެ އިތުރުން، ޔޫއޭއީގެ ޖުމްލަ އިންވެސްޓްމަންޓް މާހައުލަށް ވެސް އޭގެ ނޭދެވޭ އަސަރު ކޮށްފާނެއެވެ. ހާއްސަކޮށް ލޮޖިސްޓިކްސް ދާއިރާގައި ބައިނަލްއަގުވާމީ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ކުންފުނީގެ އަބުރަށް ލިބޭ މިފަދަ އުނިކަމަކީ ކުރިމަގުގެ ފައިނޭންސިންގް އާއި ފުޅާކުރުމުގެ މަޝްރޫއުތަކަށް ހުރަސް އެޅޭނެ ކަމެކެވެ. ޑީޕީ ވޯލްޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 80 އަށް ވުރެ ގިނަ ބަނދަރު ހިންގަމުންދާ، ދުބާއީގެ ތެޔޮ ނޫން އިގްތިސާދުގެ މައިބަދަ ކަމުގައި ބެލެވޭ ކުންފުންޏެވެ. މިހާތަނަށް މި މައްސަލައާ ގުޅިގެން ޑީޕީ ވޯލްޑުން ނުވަތަ ބިން ސުލައިމްގެ ފަރާތުން ރަސްމީ އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.

ގުޅުންހުރި ޚަބަރު