ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އަޤްޞާ ޠޫފާނަށް އަހަރު ފުރުން ފާހަގަ ކުރުމަށް ދަންނަބޭކަލުންގެ ބައްދަލުވުމެއް
ދުނިޔެ

އަޤްޞާ ޠޫފާނަށް އަހަރު ފުރުން ފާހަގަ ކުރުމަށް ދަންނަބޭކަލުންގެ ބައްދަލުވުމެއް

އއިބްރާހީމްް ސަމީރު28 ސެޕްޓެމްބަރު 2024
އަޤްޞާ ޠޫފާނަށް އެހީތެރިވުމުގެ ގޮތުން ދަންނަބޭކަލުން އިސްނަގައިގެން ޙަރަކާތެއް ފަށައިފިއެވެ. މި އިސްނެގުމަކީ، އަޤްޞާ ޠޫފާނަށް ހިޖުރީ ގޮތުން އެއް އަހަރު ފުރުމުގެ މުނާސަބާގައި ދަންނަބޭކަލުން އެއްވެގެން އެމީހުންގެ އިސްނެގުމުގެ މަތިން ފެށި މަސައްކަތެކެވެ. ތުރުކީގެ އިސްތަންބޫލް ސިޓީގައި ބޭއްވި ބައްދަލުވުމެއްގައި، އިސްލާމީ ދުނިޔޭގެ އިލްމުވެރިން ތަޤްރީރުތައް ކުރެއްވިއެވެ. ބައެއް ބޭފުޅުން ވީޑިއޯ މެސެޖުތައްވެސް ފޮނުއްވިއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅަކީ، އޮރިޓޭނިއާގެ ޢިލްމުވެރިޔާ ޑރ. އަޙުމަދު ޙަސަން އައްދަދޫއެވެ. މި ޙަރަކާތުގެ ބައިވެރިން ވަނީ ދެ ރަކުޢަތް ނަމާދެއްކޮށް، ޤުނޫތުގެ ދުޢާ ކިޔައި، ޣައްޒާއަށާއި ފަލަސްޠީނަށް ދުޢާ ކޮށްފައެވެ. ދަންނަބޭކަލުންނާއި މުސްލިމް މުއައްސަސާތަކުން ބޭނުން ވަނީ ފަލަސްތީނުގެ އިލްމުވެރިންގެ ޖަމިއްޔާއާ ގުޅިގެން ފަލަސްތީނުގެ މިނިވަންކަމުގެ މަސައްކަތަށް ތާއީދުކޮށް، އިސްލާމީ ވަޙުދަތު އާލާކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް މާއްދީ އަދި މަޢުނަވީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ޚަބަރު