ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ދީނުގެ ނަމުގައި އަވަށްޓެރިން ހަތުރުންނަށް ވަމުން ދަނީ
ދުނިޔެ

ދީނުގެ ނަމުގައި އަވަށްޓެރިން ހަތުރުންނަށް ވަމުން ދަނީ

އއިބްރާހީމްް ސަމީރު28 ސެޕްޓެމްބަރު 2024
ޕާކިސްތާނުން އަފްޣާން މުޖާހިދުންނާއި ތާލިބާނުންނަށް އެހީތެރިވަމުން ދިޔައީ ދީނުގެ ނަމުގައެވެ. މިއަދު ޕާކިސްތާނާއި އަފްޣާނިސްތާން ހަތުރުންނަށް ވަމުން ދަނީވެސް ދީނުގެ ނަމުގައެވެ. ދެ ޤައުމުގެ ދެމެދު އުފެދުނު އެންމެ ފަހުގެ މައްސަލައަކީ ޚައިބަރު ޕަޚުތޫން ޚުވާގެ ގަވަރުނަރު ބޭއްވި ޖަލްސާގައި އަފްޣާނިސްތާނުން ޕާކިސްތާނަށް އިޙުތިރާމް ނުކުރުމުގެ މައްސަލައެވެ. ގަވަރުނަރު ބޭއްވި ޖަލްސާއަކީ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރުމަށް ބޭއްވި ރަޙުމަތުއްލިލްޢާލަމީން ޖަލްސާއެވެ. އެޖަލްސާގައި އަފްޣާން ކޮންސުލް ޖެނެރަލް ހާފިޒު މުޙިއްބުﷲ ޝާކިރުއާއި ވަފްދުން ވަނީ ޕާކސްތާންގެ ޤައުމީ ސަލާން ކުޅެމުން ދިޔައިރު ކޮޅަށް ތެދުވަން ދެކޮޅު ހަދާފައެވެ. ފަހުން ތާލިބާންގެ އޮފީހުން ބުނެފައި ވަނީ ދީނީ ސަބަބުތަކާ ހެދި ކޮޅަށް ތެދުވުމަށް ވަފްދުން އުޒުރުވެރިވީ ކަމަށެވެ. ޕާކިސްތާން ރައްޔިތުން އެއަށްފަހު އެދިފައި ވަނީ ޝާކިރު ޕާކިސްތާނުން ބޭރު ކުރުމަށެވެ. ތާލިބާނުން ޑިޕްލޮމެޓިކް އާދަކާދަތައް ދީނުގެ ނަމުގައި ދެކޮޅު ހެދުމުން އަވަށްޓެރިންނާ މޫނު ކެނޑިގެން ދެއެވެ.

ގުޅުންހުރި ޚަބަރު