ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަންތަކާ އޮރެކަލް ހަވާލުވުމުން ލެރީ އެލިސަންއަށް ފާޑުކިއުން އަމާޒުވެއްޖެ
ދުނިޔެ

ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަންތަކާ އޮރެކަލް ހަވާލުވުމުން ލެރީ އެލިސަންއަށް ފާޑުކިއުން އަމާޒުވެއްޖެ

އއިބްރާހީމްް ސަމީރު15 ފެބްރުއަރީ 2026
ޗައިނާގެ ބައިޓްޑާންސް ކުންފުނިން ހިންގާ ޓިކްޓޮކް އެމެރިކާގައި މަނާކުރުމަށް ނިންމާފައިވާ ނިންމުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ތާއީދުކޮށް، އެ އެޕްގެ އެމެރިކާ އޮޕަރޭޝަންތަކާ އޮރެކަލް ކުންފުނިން ހަވާލުވުމުން އެ ކުންފުނީގެ ކޯ-ފައުންޑަރ ލެރީ އެލިސަންއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވާން ފަށައިފިއެވެ. އޮރެކަލްއިން ޓިކްޓޮކްގެ ކްލައުޑް ޕްރޮވައިޑަރެއްގެ ގޮތުގައި މަސައްކަތްކޮށް، އެމެރިކާގެ ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާކުރުމާއި، ޕްލެޓްފޯމްގެ އެލްގޮރިޒަމް ބެލެހެއްޓުމުގެ ޒިންމާ އުފުލާނެއެވެ. އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި މިއީ ބޭރުގެ ނުފޫޒުތަކުން އެޕް ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅެކެވެ. ޑިޖިޓަލް ރައިޓްސް ގްރޫޕްތަކާއި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މި ނިންމުމުގެ ސަބަބުން ޓިކްޓޮކްގެ ކޮންޓެންޓް ޒަޔަނސިްޓުންނަށް ވާގިވެރިވާ ގޮތަށް މޮޑަރޭޓްކުރާ ގޮތަށް ބަދަލު އަތުވެދާނެ ކަމުގެ ބިރު ފާޅުކޮށްފައެވެ. ވަކިން ހާއްސަކޮށް ޣައްޒާ ޖެނޮސައިޑް ހަނގުރާމައާ ގުޅޭ ވީޑިއޯތަކަށް މިކަމުގެ އަސަރުކޮށްފާނެ ކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ. ނޯތުއީސްޓަން ޔުނިވަރސިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގެ ބޭނުންކުރާ ފަރާތްތަކުގެ މެދުގައި އިސްރާއީލަށް ތާއީދުކުރާ ކޮންޓެންޓަށް ވުރެ ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓް އިންތިހާއަށް ގިނައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އޮރެކަލްގެ ސީއީއޯ ސަފްރާ ކެޓްޒް އަދި ލެރީ އެލިސަން އަކީ އިސްރާއީލުގެ މުއައްސަސާތަކަށް މާލީ ބޮޑު އެހީތެރިކަމެއް ދޭ ޔަހޫދީންނެވެ. އެހެންކަމުން، ސިޔާސީ ކޮންޓެންޓްތައް މޮޑަރޭޓް ކުރުމުގައި އޮރެކަލްގެ ދައުރު ފުޅާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން، އޮރެކަލްއިން ވަނީ އިސްރާއީލުގެ ޓެކް އަދި ޑިފެންސް ސެކްޓަރުގައި އެ ކުންފުނީގެ ހަރަކާތްތައް ފުޅާކޮށް، ހިފާފައިވާ ގުދުސްގައި ބޮޑު ޑޭޓާ ސެންޓަރެއް ވެސް ހުޅުވާފައެވެ. ކޮންޓެންޓް މޮޑަރޭޝަނާ ގުޅޭގޮތުން އޮރެކަލްއިން ސީދާ ޖަވާބެއް ދީފައި ނުވި ނަމަވެސް، އެ ކުންފުނިން ބުނެފައިވަނީ ޓިކްޓޮކްގެ މަސައްކަތުގައި އެމީހުންގެ މައިގަނޑު އަމާޒަކީ ޔަހޫދީންނަށް ފަހިވާ ގޮތަށް ޑޭޓާ ސެކިއުރިޓީ ކަށަވަރުކުރުމާއި އެމެރިކާގެ ގާނޫނުތަކަށް އަމަލުކުރުން ކަމަށެވެ. ބައިޑަން އަދި ޓްރަމްޕްގެ ސަރުކާރުން ވެސް ވަނީ ޓިކްޓޮކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެފައެވެ. މި ބަދަލަށް ދެކޮޅު ހަދާ ފަރާތްތަކުން އިންޒާރު ދެނީ މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މައްޗަށް ޔަހޫދީ ޒަޔަނިސްޓުންގެ ސިޔާސީ ނުފޫޒު ފޯރުވުމަށް ހުޅުވިގެންދާ ދޮރެއް ކަމަށެވެ. ޓިކްޓޮކްގެ ކުރިމަގާ މެދު އަދިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ގުޅުންހުރި ޚަބަރު