ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ކޮއްކޮ އިޕްސްޓީނަށް ދިން ޔޫއޭއީގެ ހިންދު އަލްއުވައިސް މަގާމުން ވަކިކޮށްފި
ދުނިޔެ

ކޮއްކޮ އިޕްސްޓީނަށް ދިން ޔޫއޭއީގެ ހިންދު އަލްއުވައިސް މަގާމުން ވަކިކޮށްފި

އއިބްރާހީމްް ސަމީރު16 ފެބްރުއަރީ 2026
އެމެރިކާގެ ދައްލާލު ޖެފްރީ އިޕްސްޓީންއާ ގުޅޭ ގޮތުން ބޭޒާރުވި ލިޔެކިޔުންތަކުގައި ނަން ހިމެނުމާ ގުޅިގެން، ޔޫއޭއީގެ ހިއުމަން ރައިޓްސް ކައުންސިލްގެ އިސް މަގާމެއްގައި ހުރި ހިންދު އަލްއުވައިސް މަގާމުން ވަކިކޮށްފިއެވެ. ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ހިއުމަން ރައިޓްސް ބޯޑު އަލުން އެކުލަވާލުމަށް ނިންމި ނިންމުމުގެ ތެރެއިންނެވެ. ފަޅާއަރާފައިވާ ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، ހިންދު އަލްއުވައިސް ވަނީ އިޕްސްޓީންއާ އަމިއްލަ ގޮތުންނާއި ރަސްމީ ގޮތުން މުއާމަލާތްތަކެއް ކޮށްފައެވެ. މީގެ އިތުރުން، އޭނާގެ ކޮއްކޮ ހާލާ އަލްއުވައިސް އާއި އިޕްސްޓީން ތަތްކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސި ކަމުގެ ތުހުމަތު ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލައަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައެކެވެ.ހިންދަކީ ކުރިން އަންހެނުންގެ ހައްގަށް ވާހަކަ ދައްކައި ހެދި މީހެކެވެ. މި ހާދިސާއާ ގުޅިގެން ޔޫއޭއީގެ ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންގެ މިނިވަންކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިދާރާއެއްގެ އިސްވެރިއަކު މިފަދަ ކަމެއްގައި ބައިވެރިވުމަކީ އެ މުއައްސަސާގެ އަގުވެއްޓޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. މުހައްލިލުން ދެކޭ ގޮތުގައި ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒާއިދު މި ފިޔަވަޅު އެޅުއްވީ ދައުލަތުގެ މުއައްސަސާތަކުގެ އަބުރު ހިމާޔަތްކުރުމަށެވެ. އަލަށް އެކުލަވާލި ބޯޑުގައި ހިމަނާފައިވަނީ މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެ ގާބިލް ބޭފުޅުން ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި އާންމުންގެ ނުރުހުން ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ. މި މައްސަލައިގައި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އިސްލާހީ ބަދަލުތަކަކީ ހަމައެކަނި މީހުން ބަދަލުކުރުން ނޫން ކަމަށާއި، މުޅި ނިޒާމު ހަރުދަނާކޮށް ޖަވާބުދާރީކުރުވުން މުހިންމު ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އެޕްޓީނަށް ކައްކައި ދޭން އުޅުނު ދުބާއީ ޕޯޓްވޯލްޑްގެ ސީއީއޯވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ގުޅުންހުރި ޚަބަރު