ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
އިޒްރޭލުން ބޮން އަޅާފައިވަނީ ބޮޑެތި ބާރުތަކުން ހިތްވަރު ލިބިގެން
ދުނިޔެ

އިޒްރޭލުން ބޮން އަޅާފައިވަނީ ބޮޑެތި ބާރުތަކުން ހިތްވަރު ލިބިގެން

އއިބްރާހީމްް ސަމީރު28 ސެޕްޓެމްބަރު 2024
ޔޫރަޕްގެ ޚާރިޖީ ގުޅުމާ ބެހޭ އިސްވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވަނީ އިޒްރޭލު ހުއްޓުވޭނެ ފަރާތެއް ނެތް ކަމަށެވެ. އޭނާ މިވާހަކަ ދެއްކެވީ ލުބުނާންގެ ވެރިރަށް ބެއިރޫތުގެ ދެކުނަށް އިޒްރޭލުން ޙަމަލަ ދީ އެޕާޓްމަންޓް ބްލޮކެއް ބިމާ ހަމަކޮށްލުމާ ގުޅިގެންނެވެ. މި ޙަމަލާތަކުގައި 700 އަށް ވުރެން ގިނަ މަދަނީން މަރާލާފައި ވެއެވެ. ބޮރެލް ވިދާޅުވީ އިޒްރޭލުން ބޭނުން ވަނީ ޙިޒްބުﷲ ބަލި ކޮށްލާށެވެ. އޭނާ ވިދާޅުވީ އޭގެ މާނައަކީ ޙަމާސް ބަލިކޮށްލުމަށް އިޒްރޭލުން ކުރާ މަސައްކަތާ އެއްގޮތް މަސައްކަތެއް ނަމަ، ފެނިގެންދާނީ ދިގު ދެމިގެންދާ ހަނގުރމައެއް ކަމަށެވެ. އިޒްރޭލުން ލުބުނާންގެ މަދަނީންގެ ސަރަހައްދަކަށް ބޮން އަޅާފައި ވަނީ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާއިރު އެވެ. އދން ވަނީ އިޒްރޭލަށް ހަމަލަތައް ހުއްޓާލުމަށް ގޮވާލާފައެވެ. އެ ގޮވާލުމުގައި ޖަޕާނުން ބައިވެރިވެފައިވާ އިރު އިންޑިއާއިން ވަނީ އެކަމާ ދެކޮޅަށް ވޯޓުލާފައެވެ. އަދި އިންޑިއާގެ މީޑިއާއިން ވެސް ވަނީ އެކަން ކުށްވެރިކޮށް އިންޑިއާގެ މަގާމަށް ފާޑު ކިޔާފައެވެ. ދެކުނު ބެއިރޫތުގައި އިޒްރޭލުން ވަނީ އެޕާޓްމަންޓް ބޮލޮކެއްގެ ހަތް އިމާރާތަށް ބޮންއަޅައި އެއްކޮށް ބިމާ ހަމަ ކޮށްފައެވެ.

ގުޅުންހުރި ޚަބަރު