ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލަސްވުމުން ބޮޑެތި ފާޑުކިއުންތަކެއް
ދުނިޔެ

މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލަސްވުމުން ބޮޑެތި ފާޑުކިއުންތަކެއް

އއިބްރާހީމްް ސަމީރު16 ފެބްރުއަރީ 2026
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އެ ސަރުކާރުގެ އެޑްވައިޒަރުންގެ މުދަލާއި ފައިސާގެ ބަޔާންތައް ހާމަކުރުމުން، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ ރޫހު ކުޑަވެފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެއްޖެއެވެ. ފެބުރުއަރީ 10 ވަނަ ދުވަހު އާންމުކުރި މި ބަޔާންތަކަކީ، މުދަލުގެ ތަފުސީލު ހާމަކުރާނެ ކަމަށް ބުނެ ވައުދުވިތާ 500 އަށްވުރެ ގިނަ ދުވަސް ފަހުން ނެރުނު ބަޔާންތަކެކެވެ. މިއީ ފުރިހަމަނުވާ، އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިފަދަ ބަޔާންތައް ނެރޭ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ ބަޔާންތަކެއް ކަމަށް ބަނގްލަދޭޝްގެ ޓްރާންސްޕެރެންސީ ޖަމުއިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ރިޕޯޓުތަކުގައި ބުނެފައިވަނީ، ބަޔާންތައް ނެރުން މިހާ ބޮޑަށް ލަސްވުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ ވަގުތީ ސަރުކާރުން ކަންކަން ސިއްރުކުރުމަށާއި، ހިންގުމުގެ ނިޒާމު ބަލިކަށިވުމަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. 2024 ވަނަ އަހަރު އެކުލަވައިލި ސިޔާސަތެއްގެ ދަށުން، އެޑްވައިޒަރުންގެ އިތުރުން ސިވިލް ސާވަންޓުންވެސް މުދަލުގެ ބަޔާން ހުށަހަޅަން ލާޒިމުކުރި ނަމަވެސް، ސިވިލް ސާވަންޓުންގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މުދަލާއި ފައިސާގެ ބަޔާނަކީ އާމްދަނީ ލިބޭ ގޮތާއި، ކުރާ ހަރަދުތަކުގެ އިތުރުން މަސްލަހަތު ފުށުއަރާ ކަންކަން ދެނެގަނެވޭނެ ފަދަ ތަފުސީލީ އެއްޗަކަށް ވާންޖެހެއެވެ. ނަމަވެސް، މިހާރު އާންމުކޮށްފައިވަނީ ހަމައެކަނި ޖުމްލަ އަދަދުތަކެއްގެ ގޮތުގައެވެ. ބޭންކް ސްޓޭޓްމަންޓްތަކާއި، ޓެކްސް ބަޔާންތައް ނުވަތަ ގޯތިގެދޮރު ފަދަ މުދަލުގެ އެއްވެސް ލިޔެކިޔުމެއް ހިމަނާފައި ނުވާތީ، މިއީ ނުހައްގު މުއްސަނދިކަމެއް ހޯދާފައިވޭތޯ ބެލުމަށް އޮތް ހުރަހެއް ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.  

ގުޅުންހުރި ޚަބަރު