ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ޖަކާޓާގެ 93 އިންސައްތަ މީހުންނަކީ ކަންނެތް ބައެއް
ދުނިޔެ

ޖަކާޓާގެ 93 އިންސައްތަ މީހުންނަކީ ކަންނެތް ބައެއް

އއިބްރާހީމްް ސަމީރު16 ފެބްރުއަރީ 2026
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 93 އިންސައްތަ މީހުންނަކީ އެކަށީގެންވާ މިންވަރަށް ހަށިގަނޑު ހަރަކާތްތެރިކޮށް ނޫޅޭ ކަންނެއް އަދި ކަސްރަތުކުރުމާ ދުރު ބައެއްކަން އެ ސިޓީގެ ސަރުކާރުން ހާމަކޮށްފިއެވެ. މި ތަފާސްހިސާބުތައް ހާމަވެފައިވަނީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯގެ ސަރުކާރުން މުޅި ގައުމުގައި ހިލޭ ކުރިއަށްގެންދާ ހެލްތު ސްކްރީނިންގ ޕްރޮގްރާމްގެ ތެރެއިން، 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ މިހާތަނަށް އެއްކުރެވުނު މައުލޫމާތުތަކުންނެވެ. މި މަޝްރޫއަކީ މުޅި ގައުމުގެ 130 މިލިއަން މީހުން ސްކްރީން ކުރުމުގެ ބޮޑު އަމާޒެއްގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިދިޔަ އަހަރުގެ ތެރޭގައި އެ ގައުމުގެ 70 މިލިއަން މީހުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ޖަކާޓާއަށް ނިސްބަތްވާ 4.2 މިލިއަން މީހުން ހިމެނެއެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޖަކާޓާގެ 146,727 މީހަކު ވަނީ މި ޓެސްޓުތައް ފުރިހަމަކޮށްފައެވެ. ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މި ތަހުލީލުތަކުން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަންކަމެވެ. އޭގެ ތެރޭގައި ބަނޑުލުމާއި ހަށިގަނޑު ހަރަކާތްތެރިކޮށް ނޫޅުމުގެ މައްސަލަ އިންތިހާއަށް ބޮޑެވެ. މީގެ އިތުރުން، ޓެސްޓު ހެދި މީހުންގެ 74 އިންސައްތަ މީހުންގެ ލޭގައި ސަރުބީ ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވެފައިވާއިރު، 51 އިންސައްތަ މީހުންނަށް ދަތުގެ ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާކަން ވަނީ އެނގިފައެވެ. މި ނަތީޖާތަކާ ގުޅިގެން ޖަކާޓާގެ ހެލްތު އޮފީހުން މިހާރު ވަނީ ބަލިތަކުން ރައްކާތެރިވުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަން ނިންމާފައެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ބަލިތައް ކުރިއާލާ ދެނެގަނެ، ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ.  

ގުޅުންހުރި ޚަބަރު