ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ޖެކްލީން ފަރނަންޑޭޒްއަށް 30 ކްރޯޑްގެ ހެލިކޮޕްޓަރެއް ހަދިޔާކޮށްފި
ދުނިޔެ

ޖެކްލީން ފަރނަންޑޭޒްއަށް 30 ކްރޯޑްގެ ހެލިކޮޕްޓަރެއް ހަދިޔާކޮށްފި

އއިބްރާހީމްް ސަމީރު17 ފެބްރުއަރީ 2026
އިންޑިއާގެ މަނީ ލޯންޑަރިންގެ ބޮޑު މައްސަލައެއްގައި ޖަލަށްލާފައިވާ ސުކޭޝް ޗަންދުރަޝޭކަރު، ބޮލީވުޑްގެ ބަތަލާ ޖެކްލީން ފަރނަންޑޭޒްއަށް ވެލަންޓައިންސް ޑޭގެ ހަދިޔާއެއްގެ ގޮތުގައި 30 ކްރޯޑް ރުޕީސްގެ އަގުބޮޑު ހެލިކޮޕްޓަރެއް ހަދިޔާކޮށްފި ކަމަށް އިންޑިއާގެ މީޑިއާން ރިޕޯޓްކޮށްފިއެވެ. 200 ކްރޯޑް ރުޕީސްގެ މަނީ ލޯންޑަރިންގެ މައްސަލައިގައި މިހާރުވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ސުކޭޝްއާއި ޖެކްލީންއާ ދެމެދު މީގެ ކުރިން ލޯބީގެ ގުޅުމެއް އޮތް ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. މިފަހަރު އޭނާ ހަދިޔާކޮށްފައިވަނީ އެއަރބަސް އެޗް ސީރީޒްގެ ލަގްޒަރީ ހެލިކޮޕްޓަރެއް ކަމަށް ސުކޭޝް އަމިއްލައަށް ވަނީ ބުނެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ހެލިކޮޕްޓަރާއެކު ސުކޭޝް ވަނީ ޖެކްލީންއަށް ލޯބީގެ ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި އޭނާ ޖެކްލީންއަށް މުޚާތަބުކޮށްފައިވަނީ "ބޫޓާ ބޮއްމާ" (ރީތި ބުދު) ގެ ނަމުންނެވެ. އަދި މި ހެލިކޮޕްޓަރަކީ ޖެކްލީންގެ ނަމުގެ އަކުރުތައް ކަމަށްވާ (ޖޭއެފް) ހިމަނައިގެން ޚާއްޞަކޮށް ފަރުމާކޮށްފައިވާ އެއްޗެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. މީގެ ކުރިންވެސް ސުކޭޝް ވަނީ ޖެކްލީންއަށް ލަގްޒަރީ ޔޮޓަކާއި ޕްރައިވެޓް ޖެޓެއްގެ އިތުރުން އެތައް މިލިއަން ރުޕީސްގެ އަގުބޮޑު ހަދިޔާތައް ދީފައެވެ. މަނީ ލޯންޑަރިންގެ މި މައްސަލައިގެ ތެރެއަށް ޖެކްލީންގެ ނަން ވަދެ، އޭނާއަށް ވެސް ވަނީ ޤާނޫނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި މައްސަލައިގައި ޖެކްލީން ހައްޔަރުވުމުން ސަލާމަތްވެފައިވީ ނަމަވެސް، އިންޑިއާގެ އެންފޯސްމަންޓް ޑައިރެކްޓަރޭޓް އިން ދަނީ މި މައްސަލަ ވަރަށް ގާތުން ބަލަމުންނެވެ. މީގެ އިތުރުން، ބޮލީވުޑްގެ އަނެއް ބަތަލާ ނޫރާ ފަތުހީ ވެސް ޖެކްލީންއާ ދެކޮޅަށް ހުށަހަޅާފައިވާ އަބުރުގެ ދަޢުވާއަކަށްވެސް ޖެކްލީން މިހާރު ދަނީ ކުރިމަތިލަމުންނެވެ.

ގުޅުންހުރި ޚަބަރު