ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
'އެކްސް' ގެ ހިދުމަތަށް ދުނިޔޭގެ އެކި ގައުމުތަކުގައި ބުރޫއަރައިފި
ދުނިޔެ

'އެކްސް' ގެ ހިދުމަތަށް ދުނިޔޭގެ އެކި ގައުމުތަކުގައި ބުރޫއަރައިފި

އއިބްރާހީމްް ސަމީރު17 ފެބްރުއަރީ 2026
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގެ ޚިދުމަތްތަކަށް ހޯމަ ދުވަހު ދުނިޔޭގެ އެކި ގައުމުތަކުގައި ބޮޑެތި ބުރޫތަކެއް އަރައި، ބޭނުންކުރާ ފަރާތްތަކަށް އެ ޕްލެޓްފޯމަށް ވަނުމުގައި ދަތިތަކާ ކުރިމަތިވެއްޖެއެވެ. ޓެކްނޮލޮޖީގެ ޚިދުމަތްތަކަށް މައްސަލަ ދިމާވާ މިންވަރު ބަލާ ވެބްސައިޓެއް ކަމަށްވާ 'ޑައުންޑިޓެކްޓަރ' އިން ހާމަކޮށްފައިވާ ގޮތުގައި، މާލޭ ގަޑިން މިއަދު ހަވީރު 5 ޖެހިއިރު، އެކްސް ބޭނުންކުރުމުގައި މައްސަލަތައް ހުރިކަން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ 25,000 އަށްވުރެ މައްޗަށް އަރާފައެވެ. މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ޕާކިސްތާނާއި، އަދި އިނގިރޭސިވިލާތް ހިމެނެއެވެ. މީގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ބޭނުންކުރާ ފަރާތްތަކުން ވެސް ވަނީ އެކްސްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ބުނެ ޝަކުވާކޮށްފައެވެ. މި ބުރޫއެރުމުގެ ސަބަބުން ގިނަ އަދަދެއްގެ އެކްސް ބޭނުންކުރާ ފަރާތްތަކަށް އެކްސްގެ ވެބްސައިޓަށާއި މޮބައިލް އެޕްލިކޭޝަނަށް ވަނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، މިކަން ދިމާވާން މެދުވެރިވި ސަބަބެއް އަދި އެކްސް ކުންފުނިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.  

ގުޅުންހުރި ޚަބަރު