ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އެއާޕޯޓުގައި ހަމަނުޖެހުން ހިންގައި، މުދަލަށް ގެއްލުންދިނުމުން ހައްޔަރުކޮށްފި
ދުނިޔެ

އެއާޕޯޓުގައި ހަމަނުޖެހުން ހިންގައި، މުދަލަށް ގެއްލުންދިނުމުން ހައްޔަރުކޮށްފި

އއިބްރާހީމްް ސަމީރު17 ފެބްރުއަރީ 2026
ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުގެ ސެލްފް-ސާވިސް ޗެކް-އިން ކިއޮސްކްތަކަކަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި އިނގިރޭސި ފަތުރުވެރިއަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ފަތިހުގެ ވަގުތެއްގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އުމުރުން 35 އަހަރުގެ މި މީހާ ވަނީ އެއާޕޯޓުގެ ޗެކް-އިން ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ މެޝިންތަކެއް ވައްޓާލައި، މެޓަލް ބެރިއަރެއް ބޭނުންކޮށްގެން  މެޝިން މުގުރައި ގެއްލުންދީފައެވެ. އެއާޕޯޓް އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި ގިނަ އަދަދެއްގެ ޗެކް-އިން ކިއޮސްކްތަކާއި، ކިއު ބެރިއަރުތަކުގެ އިތުރުން އެ ސަރަހައްދުގައި ހުރި ބިއްލޫރިގަނޑެއް ވަނީ ތަލައިގެން ގޮސްފައެވެ. ސަލާމަތީ ބާރުތަކުން ވަގުތުން އެ ސަރަހައްދަށް ގޮސް އެ މީހާ ވަނީ ހުއްޓުވާފައެވެ. ފުލުހުން މި މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު، އޭނާ ބަލައި ފާސްކުރިއިރު 3 ގުޅަ ވިއާގްރާ އޭނާގެ ޖީބުން ފެނިފައި ވެއެވެ. މި މައްސަލައިގައި މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވެއްޖެނަމަ، 10 އަހަރާ ހަމައަށް ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. މީގެ އިތުރުން ހުއްދަ ނެތް ވިއާގްރާ ބޭސް ގެންގުޅުމުގެ ސަބަބުން އިތުރު އަދަބުތަކެއްވެސް އޭނާއަށް ލިބިދާނެއެވެ. މި ހަމަނުޖެހުން ހިންގަން މެދުވެރިވި އަސްލު ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ  

ގުޅުންހުރި ޚަބަރު