ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އެމެރިކާއަށް އަލުން ތެދުވަން ނޭނގޭ ފަދަ ވަރުގަދަ "ތަފާއްޔެއް" ލިބިދާނެ: އީރާނުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނައީ
ދުނިޔެ

އެމެރިކާއަށް އަލުން ތެދުވަން ނޭނގޭ ފަދަ ވަރުގަދަ "ތަފާއްޔެއް" ލިބިދާނެ: އީރާނުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނައީ

އއިބްރާހީމްް ސަމީރު17 ފެބްރުއަރީ 2026
އީރާނުގެ ރޫޙާނީ ލީޑަރު އަޔަތުﷲ އަލީ ޚާމަނައީ، އެމެރިކާގެ ރައީސަށް ރައްދު ދެއްވައި ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ. ޚާމަނައީ ވިދާޅުވީ، އެމެރިކާގެ ސިފައިންނަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ލަޝްކަރު ކަމަށް އެމެރިކާގެ ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އެމެރިކާއަށް އަލުން ތެދުވަން ނޭނގޭ ފަދަ ވަރުގަދަ ހަމަލާއެއް ނުވަތަ "ތަފާއްޔެއް" ލިބިދާނެ ކަމަށެވެ. އަދި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކަށްވުރެ ނުރައްކާތެރީ، އެފަދަ މަނަވަރުތައް ފައްތާލުމުގެ ގާބިލުކަން ހުރި ހަތިޔާރު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ނިޒާމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޚާމަނައީ ވިދާޅުވީ، އެއްވެސް ބަޔަކަށް އީރާނުގެ އިސްލާމީ ނިޒާމު ނައްތާނުލެވޭނެ ކަމަށެވެ. އަދި މަޝްވަރާތަކެއްގެ ނަތީޖާ ކުރިއާލައި ކަނޑައެޅުމަކީ ގޯސް އަދި މޮޔަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެއިތުރުން، އެމެރިކާގެ ރައީސް ދެއްވާ ބަޔާންތަކާއި ކުރައްވާ އިންޒާރުތަކުން ދޭހަވަނީ، އެމެރިކާއިން އީރާނުގެ ރައްޔިތުންގެ މައްޗަށް ބާރު ފޯރުވައި ކޮންޓްރޯލް ކުރަން އުޅެ އެކަން ކާމިޔާބު ނުވެގެން އުޅޭ ކަންކަމަށް ޚާމަނައީ ވިދާޅުވިއެވެ. ނަމަވެސް، މިހާރު އެމެރިކާގައި ވެރިކަން ކުރަމުންދާ ފަދަ ފަސާދަވެފައިވާ ބަޔަކަށް އީރާނުގެ ރައްޔިތުން ދުވަހަކުވެސް ބައިއަތު ނުހިފާނެ ކަމަށާއި އެމީހުންގެ ބާރުގެ ދަށަށް އީރާނު ނުދާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އެމެރިކާއަކީ ޝައިޠާނާގެ އައްޑާއެއް ކަމަށް ސިފަ ކުރައްވާފައެވެ.    

ގުޅުންހުރި ޚަބަރު