ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ގަތަރުން 24 ގަޑިއިރު ގުރުއާން ފޮނުވާ ޗެނަލެއް އިފްތިތާޙު ކުރަނީ
ދުނިޔެ

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ގަތަރުން 24 ގަޑިއިރު ގުރުއާން ފޮނުވާ ޗެނަލެއް އިފްތިތާޙު ކުރަނީ

އއިބްރާހީމްް ސަމީރު18 ފެބްރުއަރީ 2026
ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، 24 ގަޑިއިރު ކީރިތި ގުރުއާން ކިޔެވުމަށް ޚާއްސަކޮށްފައިވާ ޓީވީ ޗެނަލް "ޤަތަރު ޤުރުއާން ޗެނަލް" އިފްތިތާޙު ކުރާނެ ކަމަށް ގަތަރު މީޑިއާ ކޯޕަރޭޝަނުން ބުނެފިއެވެ. މިއީ ގަތަރުގެ ދީނީ މީޑިއާ ވަރުގަދަކޮށް، "ގަތަރު ނޭޝަނަލް ވިޜަން 2030" އާ އެއްގޮތަށް ޚާއްޞަ ދާއިރާތަކުން މީޑިއާގެ ކޮންޓެންޓް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ. މި އާ ޗެނަލް މެދުވެރިކޮށް މެދުކެނޑުމެއް ނެތި ކީރިތި ގުރުއާންގެ ތިލާވަތްތައް ގެނަސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ގަތަރު މީޑިއާ ކޯޕަރޭޝަންގެ ސީއީއޯ، ޝައިޚް ޚާލިދު ބިން އަބްދުލްއަޒީޒް ބިން ޖާސިމް އާލަޘާނީ ވިދާޅުވީ، މިއީ އެ ކޯޕަރޭޝަންގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ވަކި މަގުސަދުތަކަކަށް ޚާއްޞަކޮށްގެން ހިންގާ ޗެނަލްތައް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޗެނަލަކީ މަތީ ފެންވަރުގެ ގުރުއާނުގެ ކޮންޓެންޓް ފޯރުކޮށްދިނުމަށާއި، ގައުމީ ޝަޚުސިއްޔަތާއި އިސްލާމީ އަގުތައް ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޗެނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަރަށް ފުރިހަމައަށް ވަނީ ކުރެވިފައެވެ. އެގޮތުން ޗެނަލުން ފޮނުވާނެ ޤިރާއަތްތަކާއި ޤާރީން ހޮވުމުގައި ފަންނީ އަދި ދީނީ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި، ކިޔެވުމުގެ ސައްހަކަން ކަށަވަރުކޮށްފައިވެއެވެ. އަދި ޗެނަލްގެ ވިޜުއަލް ޕްރޮޑަކްޝަންގެ މަސައްކަތްތައް ވެސް ވަނީ ފަރުމާކޮށް ނިމިފައެވެ. މި ޗެނަލްގައި އެންމެ ޚާއްޞަ އިސްކަމެއް ދޭނީ ގަތަރުގެ ގާރީންނަށެވެ. މިއީ ގުރުއާނުގެ ޚިދުމަތުގައި ގަތަރުން ކުރަމުންދާ މަސައްކަތްތައް ހާމަކޮށް، ފާހަގަކޮށްލެވޭ އަޑުތައް ދުނިޔެއަށް އިއްވުމަށް ލިބޭ ފުރުސަތެއް ކަމަށް ގަތަރު މީޑިއާ ކޯޕަރޭޝަނުން ބުނެއެވެ.

ގުޅުންހުރި ޚަބަރު