ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އިނގިރޭސި ޚާރިޖީ ވުޒާރާގައި އާދަޔާ ޚިލާފް ޖަނާޒާއެއް ބާއްވައިފި
ދުނިޔެ

އިނގިރޭސި ޚާރިޖީ ވުޒާރާގައި އާދަޔާ ޚިލާފް ޖަނާޒާއެއް ބާއްވައިފި

އއިބްރާހީމްް ސަމީރު18 ފެބްރުއަރީ 2026
އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގައި ފޯރި މަރަމުން ދިޔަ "ޗީފް މައުސް އޮފިސަރު" ރިޓަޔަރ ކޮށްގެން އުޅެނިކޮށް މަރުވެއްޖެއެވެ. މި "ޗީފް މައުސް އޮފިސަރު" އަކީ އިނގިރެސި ޚާރިޖީ އޮފީހުގައި އުޅޭ މީދާތައް ހިފައިދިން މަޝްހޫރު ކަޅާއި ހުދު ކުލައިގެ ބުޅަލެވެ. މި ސޮރަށް ނަން ދީފައި ވަނީ ޕާމަސްޓަންގެ ނަމުންނެވެ. އެސޮރު މަރުވިކަން އިޢުލާންކޮށްފައިވަނީ އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުންނެވެ. އެ ބަޔާނުގައި ބުނެފައިވަނީ "ކުޅަދާނަ ކެޓް-ޑިޕްލޮމެޓް" ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު މަރުވެފައިވާ ކަމަށެވެ. 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ފޮރިން އޮފީހުގެ މުހިންމު މަގާމެއް ފުރުމަށްފަހު، ޕާމަސްޓަން އަލުން އާންމުންގެ ސަމާލުކަމަށް އައީ 2025 ވަނަ އަހަރު ބާމިއުޑާގެ އާ ގަވަރުނަރު އެންޑްރޫ މޯޑޮކްއާއެކު އެ ގައުމަށް ދަތުރުކުރުމުންނެވެ. ބާމިއުޑާގެ ގަވަރްމަންޓް ހައުސްއިން ޕާމަސްޓަން ސިފަކޮށްފައިވަނީ ޓީމުގެ މީހުން ވަރަށް ލޯބިވާ، މަޑުމައިތިރި އަދި އެކުވެރި މެންބަރެއްގެ ގޮތުގައެވެ. އެސޮރު މަރުވީ ބާމިއުޑާގެ ގަވަރު ނަރު އޮފީހުގައި އުޅެނިކޮށެވެ. މި ސޮރުގެ މީސްމީޑިއާ ފޮލޯވަރުންގެ ތެރޭގައި 1 ލައްކައަށް އަށްވުރެ ގިނަ ފޮލޯވަރުން ތިބެ އެވެ. ޕާމަސްޓަން ޑިޕްލޮމެޓިކް ޚިދުމަތުގައި އުޅުނު ދުވަސްވަރު އޭނާ ވަނީ ފޮރިން އޮފީހަށް ވަންނަ މީދާތައް ހިފުމުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން އޮފީހާ ގުޅުނުތާ މަދު ހަފުތާތަކެއްގެ ތެރޭގައި ފުރަތަމަ މީދާ ހިފާފައިވެއެވެ. 2020 ވަނަ އަހަރު ރިޓަޔަރ ކުރަމުން އެސޮރު ލިޔުނު ސިޓީގައި ބުނެފައިވަނީ، އާންމުންގެ ސަމާލުކަމުން ދުރުވެ، އަމިއްލަ މިނިވަންކަމުގައި ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު