ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ހަމަލާ ދިނީ ބާރަ ފޫޓުގެ ދިގު ކިނބުލެއް
ދުނިޔެ

ހަމަލާ ދިނީ ބާރަ ފޫޓުގެ ދިގު ކިނބުލެއް

އއިބްރާހީމްް ސަމީރު18 ފެބްރުއަރީ 2026
އިންޑޮނޭޝިއާގެ ސިމެއުލޫ ރީޖަންގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ކިނބުލެއް ހަމަލާދީ އަންހެނަކު މަރާލައިފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ އަންހެނެކެވެ. މި ހާދިސާ ހިނގާފައިވަނީ އަންހެންމީހާ ލުއާން ބޮޔާ ކޯރުގައި އުޅެނި ކޮށެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި، އޭނާ ފެންގަނޑަށް ފޭބިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކިނބޫ އޭނާއަށް ހަމަލާދިނީއެވެ. އެ ވަގުތު އޭނާއާއެކު ހުރި އެކުވެރިޔާއަށް އެހީއަށް ގޮވާލި ނަމަވެސް، ކިނބޫ ވަނީ ކުއްލިއަކަށް އޭނާ ފެނުގެ އަޑިއަށް ދަމައިގަނެފައެވެ. އަންހެންމީހާ ހޯދުމުގެ މަސައްކަތުގައި އަވަށުގެ ރައްޔިތުންނާއި، ސިފައިން ބައިވެރިވިއެވެ. މި މަސައްކަތުގެ ތެރޭގައި، ގާތްގަނޑަކަށް 12 ފޫޓުގެ ދިގު ބިޔަ ކިނބޫ އަންހެން މީހާ ހަށިގަނޑު ގައި ދަތްއަޅައިގެން އެއްގަމަށް އަރަނިކޮށް ފެނިފައިވެއެވެ. އޭރު އަންހެންމީހާ ވަނީ މަަރުވެފައެވެ. ރަށުގެ މީހުން ކިނބުލުގެ އަނގައިން އެ މީހާ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް، އެ ސޮރުގެ ބޮޑުކަމާއި ވަރުގަދަކަމުން އެކަން ފުރަތަމަ ކާމިޔާބުވާ ގޮތެއް ނުވިއެވެ. ނަމަވެސް ގިނަ މި މަސައްކަތަށްފަހު، އެންމެ ފަހުން ރައްޔިތުންނަށް އަންހެންމީހާގެ ހަށިގަނޑު ކިނބުލުގެ ކިބައިން ސަލާމަތްކުރެވުނެވެ.

ގުޅުންހުރި ޚަބަރު