ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
މަސްޖިދުލްއަޤްޞާގެ އިސް އިމާމު މިސްކިތަށް ވަނުން މަނާކޮށްފި
ދުނިޔެ

މަސްޖިދުލްއަޤްޞާގެ އިސް އިމާމު މިސްކިތަށް ވަނުން މަނާކޮށްފި

އއިބްރާހީމްް ސަމީރު18 ފެބްރުއަރީ 2026
ބަރަކާތްތެރި ރަމަޟާން މަސް ލައިގަތުމާއެކު ޒަޔަނިސްޓު ސަރުކާރުން ވަނީ އަލްއަޤްޞާ މިސްކިތުގެ އިސް އިމާމް ޝައިޚް މުޙައްމަދު އަލްޢައްބާސީ އެ މިސްކިތަށް ވަނުން މަނާކޮށްފައެވެ. ޝައިޚް މުޙައްމަދު އަލްޢައްބާސީ ވިދާޅުވި ގޮތުގައި، އެއްވެސް ސަބަބަކާ ނުލައި ޔަހޫދީ ޒަޔަނިސްޓު އުދުވާނީ ސަރުކާރުން ވަނީ އޭނާ އެ މިސްކިތަށް ވަނުން މަނާކޮށްފައެވެ. ހިފާފައިޥާ ޤުދުސްގެ އިސްލާމީ ވަޤުފް އިދާރާގެ މަސްދަރަކުން މަޢުލޫމާތު ދޭ ގޮތުގައި އެ އިދާރާގެ 33 މުވައްޒަފަކުވެސް މަސްޖިދުލްއަޤްޞާއަށް ވަނުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ވަޤުފް އިދާރާއިން ކުރަމުންދާ މަސައްކަތްތަކަށްވެސް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. އޭގެ ތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހިޔާލިބޭނެ ގޮތް ހެދުމާއި، ވަގުތީ ފަރުވާދޭ މަރުކަޒުތައް ގާއިމުކުރުމަށްވެސް ވަނީ ހުރަސް އަޅާފައެވެ. ޖެނޮސައިޑް ސަރުކާރުގެ ފުލުހުން ބުނެފައިވާ ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ތެރެއިން މަސްޖިދުލް އަގްޞާއަށް ތަރާވީޙު ނަމާދަށް ވަދެވޭނީ ކޮންމެ ދުވަހަކުވެސް 10،000 މީހުންނަށެވެ. އަދި މި ހުއްދަ ދޫކުރަނީ ހަމައެކަނި 55 އަހަރުން މަތީގެ ފިރިހެނުންނަށާއި 50 އަހަރުން މަތީގެ އަންހެނުންނަށެވެ. މިއީ މިދިޔަ އަހަރުވެސް އަމަލުކުރި ހަރުކަށި އުސޫލެކެވެ. ޔަހޫދީން ދަނީ ހުޅަނގު އައްސޭރި އެއްކޮށް ހިފުމަށް މަސައްކަތް ފަށާފައެވެ. އަދި 1967 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޤުދުސްގެ ބޯޑަރު ހުޅަނގު އައްސޭރީގެ ތެރެއަށް ފުޅާކުރުމަށް ޔަހޫދީން ވަނީ ނިންމާފައެވެ. މި ފިޔަވަޅާއެކު ގާތްގަނޑަކަށް 38.7 މިލިއަން ޑޮލަރު ހޭދަކޮށްގެން ގުދުސްގެ ބިންތައް ހިފައި 2,780 އާ ގެދޮރު ބިނާކުރާނެއެވެ.

ގުޅުންހުރި ޚަބަރު