ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ނަތަންޔާހޫ އާއި އޭނާގެ އަންހެނުން ރަހީނުކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވެއްޖެ
ދުނިޔެ

ނަތަންޔާހޫ އާއި އޭނާގެ އަންހެނުން ރަހީނުކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވެއްޖެ

އއިބްރާހީމްް ސަމީރު18 ފެބްރުއަރީ 2026
އިޒްރޭލާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ އަންހެނުން ސާރާ ނަތަންޔާހޫ އީރާނުގެ ހާއްސަ ކޮމާންޑޯއިންގެ ފައުޖަކުން ރަހީނުކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ. އާޓިފިޝަލް އިންޓެލިޖެންސް  ބޭނުންކޮށްގެން އުފައްދާފައިވާ މި ވީޑިއޯއަކީ ޔަހޫދީ ޖައްލާދަށް ނަފްސާނީ ގޮތުން ބިރުވެރިކަމެއް ގެނަސްދޭ ވޑިއޯއެއް ކަމަށް ޔަހޫދީ މީޑިއާ ބުނެއެވެ. މި ވީޑިއޯ ފެށިގެން އަންނަނީ ޓެލްއަވީވްގެ އުސް އިމާރާތެއްގެ ބެލްކަނީގައި ނަތަންޔާހޫ އާއި އޭނާގެ އަންހެނުން ތިއްބައެވެ. އެވަގުތު އީރާނުގެ އަސްކަރީ ހެލިކޮޕްޓަރުތަކެއް ރޭގަނޑުގެ ވަގުތެއްގައި އުދުއްސާލާ މަންޒަރާއި، ނަތަންޔާހޫގެ ގޭގެ ކައިރިން ޖާސޫސީ ޑްރޯންއެއް އުދުހޭ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެއެވެ. ވީޑިއޯގައި ދެން ފެންނަނީ އީރާނުގެ އިމާމް އަލީ ޚާމަނާއީ ދުއާ ކުރައްވަން އިންނަވާ މަންޒަރެވެ. ދުއާ ނިމުމާއެކު ޓެލްއަވީވްގައި ބާރުގަދަ ގޮވާލުމެއް ގޮވައެވެ. އަދި ބިރު ގަނެފައިވާ ނަތަންޔާހޫގެ ދެމަފިރިން ސެކިއުރިޓީއާއެކު ބަންކަރަކަށް ވަންނަން ދުވާ މަންޒަރު ފެނެއެވެ. އެ ވަގުތު އީރާނުގެ ދިދަ ޖަހާފައިވާ ޔުނިފޯމް އެޅި ހާއްސަ ކޮމާންޑޯއިންގެ ފައުޖަކުން އެ އިމާރާތަށް ވަދެގަނެއެވެ. އަދި ބަންކަރުގެ ދޮރު ލައްޕަން ނަތަންޔާހޫގެ ބޮޑީގާޑު މަސައްކަތް ކުރަނިކޮށް، އީރާނުގެ ކޮމާންޑޯއިން އެމީހުންގެ ގަޔަށް ބަޑިޖަހައި މަރާލައެވެ. މި މަންޒަރު ފެނުމުން ސާރާ ނަތަންޔާހޫ ބިރުން ހަޅޭއްލަވާ މަންޒަރު ވެސް ވީޑިއޯގައި ވަރަށް އަސަރުގަދަކޮށް ދައްކުވައިދީފައިވެއެވެ. ވީޑިއޯ ނިމިގެންދަނީ ޖެނޮސައިޑް ހިންގި ނަތަންޔާހޫއާއި އަންހެނުން ދެއަތް އަތްމައްޗަށް ނަގައި އަމާންދޭ މަންޒަރުންނެވެ. އެއަށްފަހު ދެ ގޮލާ ކަނުބަނދެގެން އަސްކަރީ މަތިންދާބޯޓެއްގައި އުފުލައެވެ. ވީޑިއޯ ނިންމާލާފައިވަނީ އަރަބި ބަހުންނާއި އިބްރާނީ ބަހުން "އިނދެޖެހުން" މި ލަފުޒު ބޮޑުކޮށް ސްކްރީނަށް އަރުވަމުންނެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބަޔަކު ދަނީ އުފާފާޅުކޮށް މި ވީޑިއޯ ހިއްސާ ކުރަމުންނެވެ. facebook.com/reel/1240726324816872/?t=9

ގުޅުންހުރި ޚަބަރު