ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ދުނިޔޭގެ 16 މިލިއަން މީހުންގެ ކާފައަކީ ކާކު؟
ދުނިޔެ

ދުނިޔޭގެ 16 މިލިއަން މީހުންގެ ކާފައަކީ ކާކު؟

އއިބްރާހީމްް ސަމީރު19 ފެބްރުއަރީ 2026
ދުނިޔޭގެ ތާރީޚުގައި އުފެދުނު އެންމެ ވަރުގަދަ އެއް ފާތިޙު ކަމަށްވާ މޮންގޯލް އެމްޕަޔަރުގެ ބާނީ ޖަންގީޒް ޚާންއާ މިއަދު ދުނިޔޭގައި ދިރިއުޅޭ ގާތްގަނޑަކަށް 16 މިލިއަން މީހުންނާ ލޭގެ ގޮތުން ގުޅުން ހުރި ކަމަށް ސައިންޓިފިކް ދިރާސާތަކުން ދައްކައިފިއެވެ. ޖެނެޓިކް ދިރާސާ ކުރާ މާހިރުން އޭޝިއާ ސަރަހައްދުގެ ފިރިހެނުންގެ 'ވައި-ކްރޯމޮސޯމް' ތަހުލީލު ކުރުމަށްފަހު ހާމަކޮށްފައިވާ މައުލުމާތުގައި ބުނަނީ، އޭޝިއާގެ އާބާދީގެ ބޮޑު ބަޔަކުން އެއް ދިމާއަކުން އައިސްފައިވާ ވަރުގަދަ ޖެނެޓިކް ނިޝާނެއް ފެނިފައިވާ ކަމަށެވެ. މި ނިޝާންތައް އެންމެ ބޮޑަށް ފެންނަން ހުރީ ކުރީގެ މޮންގޯލް އެމްޕަޔަރުގެ ދަށުގައި އޮތް ސަރަހައްދުތަކުންނެވެ. 'ވައި-ކްރޯމޮސޯމް' އަކީ ބައްޕަގެ ފަރާތުން ދަރިންނަށް ވާރުތަވާ ކްރޮމޮސޯމަކަށް ވާއިރު، މި ޖެނެޓިކް ގުޅުން ގޮސް ހުއްޓެނީ މީގެ 800 ވަރަކަށް އަހަރު ކުރިން އުޅުނު އެންމެ ފިރިހެނަކަށެވެ. އެއީ ޖަންގީޒް ޚާން އާއެވެ. މިކަމާ ގުޅޭގޮތުން ތާރީޚީ އިލްމުވެރިން ފާހަގަކުރާ ގޮތުގައި، ޖަންގީޒް ޚާން އާއި އޭނާގެ ފިރިހެން ދަރިންނަކީ އޭރުގެ ސިޔާސީ ބާރާއި ނުފޫޒުގެ ސަބަބުން ގިނަ އަދަދަކަށް މީހުންނާ ކައިވެނިކޮށް ދަރިންދީ އަނބިން ގެންގުޅުނު ބަޔެކެވެ. 13 ވަނަ ގަރުނުގެ ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ޖަންގީޒް ޚާން ދުނިޔޭގައި ހުންނެވި އިރުވެސް އޭނާގެ ދަރިކޮޅު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2003 ވަނަ އަހަރު ފެށި މި ދިރާސާގެ ހޯދުންތައް ފަހުގެ ރިޕޯޓްތަކުން ވެސް ވަނީ  ކަށަވަރުވެފައެވެ. އޭޝިއާ ސަރަހައްދުން އެހެން ބައެއް ބާރުގަދަ ފަރާތްތަކުގެ ދަރިކޮޅުތައް ފެނިފައިވީ ނަމަވެސް، ޖަންގީޒް ޚާންގެ ދަރިކޮޅާ އެއްވަރުގެ ބޮޑު އާބާދީއެއް އޮތް އެހެން އެއްވެސް އިންސާނަކު ތާރީޚުން ފެންނާކަށެއް ނެތެވެ. އޭޝިއާ ފިޔަވައި ރަޝިޔާ ސަރަހައްދަށްވެސް އޭނާގެ ދަރިކޮޅު ފެތުރިފައި ވެއެވެ.

ގުޅުންހުރި ޚަބަރު