ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ކައިވެންޏެއްގައި އަންހެން ކުއްޖާގެ ގަޔަށް 15 މިލިއަން ރުފިޔާ އޮއްސާލި މައްސަލައެއް ހޫނުވެއްޖެ
ދުނިޔެ

ކައިވެންޏެއްގައި އަންހެން ކުއްޖާގެ ގަޔަށް 15 މިލިއަން ރުފިޔާ އޮއްސާލި މައްސަލައެއް ހޫނުވެއްޖެ

އއިބްރާހީމްް ސަމީރު19 ފެބްރުއަރީ 2026
އިންޑިއާގެ ޕަންޖާބު ސްޓޭޓްގެ ތަރްން ތަރަން ޑިސްޓްރިކްޓްގައި ދާދިފަހުން ބޭއްވި ކައިވެނީގެ ހަފުލާއެއްގައި، ކައިވެނިކުރި އަންހެން ކުއްޖާގެ ގަޔަށް ގާތްގަނޑަކަށް 15.3 މިލިއަން ދިވެހި ރުފިޔާ (8.5 ކްރޯޑް އިންޑިއަން ރުޕީސް) އޮއްސާލި ކަމަށް ބުނާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. ކަން ދެއްކުމަށް މަޝްހޫރު އިންޑިއާގެ ކައިވެނިތަކުގައި ކަން ދެއްކުމަށް މިފަދަ ކަންކަން ކުރުމަކީ އާންމު އާދައެކެވެ. ވައިރަލްވެފައިވާ މި ވީޑިއޯއިން ފެންނަނީ، އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުން ވެގެން، ގިނަ އަދަދެއްގެ ނޫޓު ބޮނޑިތަކާއި ރަނުގެ ގަހަނާތައް އަންހެން ކުއްޖާގެ ވަށައިގެން އުކަމުންދާ މަންޒަރެވެ. މި މަންޒަރުތަކާއެކު އިންޓަނެޓްގައި ގިނަ ބަޔަކު ވަނީ މިއީ ބޮޑު އިސްރާފެއްގެ ގޮތުގައި ސިފަކޮށް، ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. މި ޚަބަރުތަކާ ގުޅިގެން ފިރިހެން ކުއްޖާގެ އާއިލާއިން ވަނީ އެ ވާހަކަތައް ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ. އެ އާއިލާއިން ބުނި ގޮތުގައި، މީސްމީޑިއާގައި ދައުރުވަމުންދާ އަދަދަކީ ވަރަށް ބޮޑަށް ބޮޑުކޮށްފައިވާ އަދަދެއް ކަމަށާއި އެއީ ދޮގު މައުލޫމާތެއް ކަމަށެވެ. އަދި އެ ވީޑިއޯއިން ފެންނަނީ އެ ސަރަހައްދުގެ ސަގާފީ އާދަކާދައެއްގެ ތެރެއިން ހަދިޔާ ބަދަލުކުރާ މަންޒަރު ކަމަށާއި، އެ ތަކެތީގެ އަގު މީސްމީޑިއާގައި ބުނާ އަދަދާ ގާތްވެސް ނުކުރާނޭ ކަމަށް އެ އާއިލާއިން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު