ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އެމެރިކާއާއި އީރާނާ ދެމެދު ރޯދަމަހު ވަރުގަދަ ހަނގުރާމައެއް ފަށާނެ
ދުނިޔެ

އެމެރިކާއާއި އީރާނާ ދެމެދު ރޯދަމަހު ވަރުގަދަ ހަނގުރާމައެއް ފަށާނެ

އއިބްރާހީމްް ސަމީރު19 ފެބްރުއަރީ 2026
އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ފާއިތުވި އަހަރުތަކުގައި ނުދާ މިންވަރަށް ޓްރަމްޕްގެ ސިޔާސަތުގެ ސަބަބުން މައްޗަށް ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ފެށިގެންދާނެ ކަމުގެ އިންޒާރު އެމެރިކާ އަދި އިސްރާއީލުގެ އިސް އޮފިޝަލުން ދީފިއެވެ. ރިޕޯޓްތައް ބުނާގޮތުން މި ހަނގުރާމަ ފެށިއްޖެނަމަ އެތައް ހަފުތާއަކަށް ދެމިގެންދާނެއެވެ. އަދި އީރާނަށް ނުރައްކާ ވެއްޖެނަމަ އިޒްރޭލު ވުޖޫދުން ފޮހެވިގެްނ ދިއުމުގެ ބިރު އޮތް ކަމަށްވެސް ބުނެއެވެ. އެމެރިކާއިން ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ހަގީގީ ހަނގުރާމައެއް ކޮށްފައެއް ނުވެއެވެ. މިފަހަރުގެ ހަނގުރާމައަކީ ހަގީގީ ބާރަކާ އެމެރިކާ ކުރިމަތިލާނެ ފަހަރު ކަމަށް ބެލެވެއެވެ. އޭޢގެ އިތުރުން ޒަޔަނިސްޓު ނިޒާމުންވެސް ތާރީޚުގައި މިހާތަނަށް ނިޒާމީ ހަނގުރާމައެއްގައި ދައުލަތަކާ ކުރިމަތިލާ ފައިވަނީ އެންމެ ފަހަރަކު އވެ. މީގެ 50 އަހަރު ކުރިން 1973ގައި މިސްރު ސިފައިން ވަނީ އިޒްރޭލު ގިއްގަޅުވާލާފައެވެ. މިފަހަރު އީރާނުން އިޒްރޭލާ ކުރިމަތިލާނީ ކުރީގެ ތަޖުރިބާއަށް ބަލައި ކުރިއަށް ވުރެން ވަރުގަދަ މިސައިލްތަކާއި ތައްޔާރީ ހާލަތެއްގައެވެ. "އެކްސިއޯސް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވައިޓް ހައުސްގެ އޮފިޝަލަކު ވަނީ ރޯމަ މަސް ތެރޭގައި އެމެރިކާއިން އީރާނަށް ހަމަލާދިނުމުގެ 90 އިންސައްތަ ފުރުސަތު އެބައޮތް ކަމަށް ލަފާކުރައްވާފައެވެ. އިސްރާއީލުގެ އަސްކަރީ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ އާމޯސް ޔަދްލިން ބުނަނީ، ޖެނީވާގައި ކުރިއަށްދިޔަ ނިއުކްލިއާ މަޝްވަރާތައް ހުއްޓުމަކަށް އައުމާ ގުޅިގެން ހަނގުރާމައެއް ފެށުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އިސްރާއީލުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، އެ ގައުމުން އަންނަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަނގުރާމައެއް ފެށިދާނެ ކަމަށް ބަލައި ހަސްފަތާލުތައް އަދި ކާނާއެއްކޮށް ތައްޔާރުވަމުންނެވެ. އަދި އެމެރިކާއާއި އިސްރާއީލު ގުޅިގެން ހިންގާނެ ކަމަށް ބެލެވޭ މި އަސްކަރީ އޮޕަރޭޝަނަކީ، މިދިޔަ އަހަރު އީރާނުގެ މަރުކަޒުތަކަށް އަމާޒުކޮށް ހިންގި 12 ދުވަހުގެ ކެމްޕޭނަށްވުރެ މާ ބޮޑު އަދި ވަރުގަދަ އޮޕަރޭޝަނަކަށް ވާނެ ކަމަށް ވެސް އެ ފަރާތްތަކުން ލަފާކުރެއެވެ. މެދުއިރުމަތީގައި އުދުއްސާ އެމެރިކާގެ ފްލައިޓްތަކުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެމެރިކާގެ އެންމެ ޒަމާނީ ހަނގުރާމަމަތީ ބޯޓުތައް ކަމަށްވާ އެފް-22، އެފް-35 އަދި އެފް-16 މަރުކާގެ އެތައް ބޯޓެއް މިހާރު ދަނީ މެދުއިރުމައްޗަށް ޖަމާކޮށްފައެވެ. މީގެ ރައްދުގައި އީރާނުން ވެސް ވަނީ ހުރްމުޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ފަށައި، ރަޝިޔާއާ ގުޅިގެން ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ބާއްވާނެކަން އިއުލާނުކޮށްފައެވެ. މިހާ ބޮޑަށް އަސްކަރީ ތައްޔާރުތަކެއް ވަމުންދިޔަ ނަމަވެސް، ދެ ފަރާތުން ވެސް ބުނަމުންދަނީ ޑިޕްލޮމެޓިކް މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށެވެ. އީރާނުން ބުނާ ގޮތުގައި ޖެނީވާ މަޝްވަރާތަކުން ވަނީ ހަނގުރާމައަކަށް ނުގޮސް ސަލާމަތްވުމަށް ބޭނުންވާ "މަގުދައްކައިދޭ އުސޫލުތަކެއް" ކަނޑައަޅާފައެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި، ވޮޝިންގޓަނުން ބޭނުންވާ ގޮތަށް އަދިވެސް އީރާނުން އެމެރިކާއަށް ބޯލަނބާލާކަށެއް ނޫޅެއެވެ. އެހެންވެ އެމެރިކާއިން ބޭނުން ވަނީ މެދުއިރުމަތީގައި އެމެރިކާއަށް ގޮން ޖަހާލެވޭ ވަރުގެ އިސްލާމީ ބާރެއް އޮތަ ނުދިނުމަށެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި، އީރާނުގެ ވެރިރަށް ތެހެރާން ކައިރިން ބާރުގަދަ ގޮވުންތަކަކާއި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގާފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ. އެހެންނަމަވެސް، އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެއީ ކޯރުގެ އައްސޭރީގައި ހުރި ގަސްތަކެއްގައި ރޯވުމުގެ ސަބަބުން އުފެދުނު ދުންތަކެއް ކަމަށެވެ.

ގުޅުންހުރި ޚަބަރު