ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އޮންލައިންކޮށް ސަލާން ޖަހާނަމަ 3 މަހަށް ޖަލަށް
ދުނިޔެ

އޮންލައިންކޮށް ސަލާން ޖަހާނަމަ 3 މަހަށް ޖަލަށް

އއިބްރާހީމްް ސަމީރު19 ފެބްރުއަރީ 2026
ރޯދަ މަހު އޮންލައިންކޮށް ސަލާން ޖެހުން އިތުރުވާތީ ދުބާއީ ޕޮލިހުން ވަނީ ރައްޔިތުންނަށް އިންޒާރުދީފައެވެ. ދުބާއީ ޕޮލިހުން ބުނީ ރަމަޟާން މަހު ސަލާން ޖަހާމީހުންނާއި މަކަރުވެރިންނަށް ރައްޔިތުން ސަމާލުވުމަށާއި، އެއްވެސް ޚައިރާތެއް ސަދަގާތެއް ކުރާނަމަ ރަސްމީކޮށް ހުއްދަ ދީފައިވާ ޗެރިޓަބަލް ޖަމިއްޔާތައް މެދުވެރިކޮށް ޚައިރާތު ކުރުމަށެވެ. އަދި ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ވާނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށްވެސް ވަނި އަންގާފައެވެ. އޮންލައިންކޮށް ސަލާން ޖަހާ މީހުން 3 މަސް ދުވަހަށް ޖަލަށްލާނެ ކަމަށާއި އަދި އެފަދަ  މީހުން 10،000 ދިރުހަމުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ދުބާއީ ޕޮލިހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ރޯދަމަހު ގިނަ ފަހަރަށް ސްކޭމަރުން މީހުންގެ ދީލަތިކަމުގެ ފައިދާ ނަގައި ހަދާތީ މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުވާ އިލްތިމާސްތަކަށް ސަމާލުކަން ނުދިނުމަށް އެދިފައެވެ.

ގުޅުންހުރި ޚަބަރު