ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ފިލްޓަރު ބޭނުންކޮށްގެން ތިއްތި ދެއްކި އިންފްލުއެންސަރުގެ ދޮޅު ލައްކަ ފޮލޯވަރުން މަދުވެއްޖެ
ދުނިޔެ

ފިލްޓަރު ބޭނުންކޮށްގެން ތިއްތި ދެއްކި އިންފްލުއެންސަރުގެ ދޮޅު ލައްކަ ފޮލޯވަރުން މަދުވެއްޖެ

އއިބްރާހީމްް ސަމީރު19 ފެބްރުއަރީ 2026
ސޯޝަލް މީޑިއާގައި ލައިވް ސްޓްރީމް ކުރަމުން ދިޔަ ޗައިނާގެ މަޝްހޫރު އިންފްލުއެންސަރެއްގެ މޫނަށް ބޭނުންކުރަމުންދިޔަ ބިއުޓީ ފިލްޓަރު ލައިވް ސްޓްރީމް ކުރަނިކޮށް ކެނޑުމާ ގުޅިގެން، އޭނާ ފޮލޯކުރަމުންދިޔަ ދޮޅު ލައްކަ މީހުން އޭނާ އަންފޮލޯ ކޮށްފިއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ އަންހެން އިންފްލުއެންސަރު އޭނާގެ ފޮލޯވަރުންނާ ވާހަކަދެއްކުމަށް ލައިވް ސްޓްރީމް ކުރަމުން ދަނިކޮށެވެ. ލައިވްގެ ތެރެއިން ކުއްލިއަކަށް އޭނާގެ މޫނުން ފިލްޓަރު ކެނޑުމުން، އޭނާގެ އަސްލު ސިފަ ފެނި ބެލުންތެރިންނަށް ހައިރާން ކަމެއް ލިބުނެވެ. މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު އޭނާ އަންފޮލޯ ކުރަން ފެށީ، އޭނާގެ އަސްލު ސިފަ ފޮރުވުމަށްޓަކައި މާ ބޮޑަށް ފިލްޓަރު ބޭނުންކޮށްފައިވާތީ ކަމަށް ޚަބަރުތައް ބުނެއެވެ. މި ހާދިސާ ހިނގި ވަގުތުގެ 4 ސިކުންތުގެ ވީޑިއޯ ކޮޅެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. ޗައިނާގެ ސޯޝަލް މީޑިއާގައި އިންފްލުއެންސަރުން ލައިވް ސްޓްރީމްކޮށް، ސަޕޯޓަރުންގެ ސުވާލުތަކަށް ޖަވާބުދީ މުއާމަލާތް ކުރުމަކީ އާންމުކޮށް ކުރާ ކަމެކެވެ. މިއީ މީސްމީޑިއަށް ތިއްތި ދައްކަން ފިލްޓަރުތައް ބޭނުންކޮށްގެން ސިފަ ބަދަލުކުރުމުގެ ސަގާފަތުގެ ހަގީގަތް ދައްކައިދިން ވާހަކައެކެވެ.

ގުޅުންހުރި ޚަބަރު