ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މުސްލި ގައުމުތަކުގެ ވެރިން ލޮއްސުމަށްފަހު ޓްރަމްޕް އީރާނަށް ހަމަލަ ދޭނެ
ދުނިޔެ

މުސްލި ގައުމުތަކުގެ ވެރިން ލޮއްސުމަށްފަހު ޓްރަމްޕް އީރާނަށް ހަމަލަ ދޭނެ

އއިބްރާހީމްް ސަމީރު19 ފެބްރުއަރީ 2026
އެމެރިކާއިން އީރާނަށް ހަމަލަ ދޭން ތައްޔާރުވަމުންދާތީ އިސްރާއީލުގެ ސަލާމަތީ ބާރުތައް ވަނީ ހައި އެލާޓަށް ގެނެސްފައެވެ. އިސްރާއީލުގެ މީޑިއާން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ ހަމަލާއެއްގެ ރައްދުގައި އީރާނުން އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން، ރައްޔިތުން ބަންކަރުތަކާ ކައިރީގައި ތިބުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. އެމެރިކާއިން ބަރަކާތްތެރި ރަމަޟާން މަހު މި ހަމަލާތައް ދިނުމަށް ރާވަމުންދާ ކަމަށް ރިޕޯޓްތައް ބުނާއިރު، ޓްރަމްޕް ގެންދަވަނީ ވައިޓްހައުސްގައި މުސްލިމު ގައުމުތަކުގެ ލީޑަރުންނާއެކު ޣައްޒާގެ ކޮންޓްރޯލު ނަގައި އޭނާގެ އާއިލީ ކުންފުނީގެ ވިޔަފާރިއަށް ބަދަލު ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވަމުންނެވެ. އެމެރިކާއިން އީރާނަށް ހަމަލަ ދޭނީ އީރާނުގެ އިސް ލީޑަރުންނަށް އަމާޒުކޮށް ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައި ވެއެވެ. އީރާނުގެ ސިޔާސީ އަދި އަސްކަރީ ގިނަ އަދަދެއްގެ ލީޑަރުން އަވަހާރަކޮށްލުމަށް ވައިގެ ހަމަލާތަކެއް ދިނުމަށް ޓްރަމްޕް ވަނީ ސިފައިންގެ އިސްކޮމާންޑަރުންނާ އެކު މަޝްވަރާތަކެއް ބާއްވާފައެވެ. މީގެ އިތުރުން އީރާނުގެ ނިއުކްލިއާ އަދި މިސައިލް އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުމަށްވެސް ވަނީ ރާވާފައެވެ. މި ހަމަލަ ދޭނެ ކަމަށް ސީބީއެސް ނިއުސްއިން ލަފާ ކޮށްފައި ވަނީ ޣައްޒާއާ ބެހޭ ގޮތުން ޓްރަމްޕް ބާއްވާ މިއަދާއި މާދާގެ ބައްދަލުވުމުގައި މުސްލިމު ގައުމުތައް ރުއްސުމަށްފަހުގައެވެ. އީރާނަށް ހަމަލަ ދިނުމުގެ ރޭވުންތައް ޓްރަމްޕް ފައިނަލް ކޮށްފައި ވަނީ ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ގައުމީ ސަލާމަތާ ބެހޭ މުޝީރުންނާއެކު ބުދަ ދުވަހު އެވެ. ޓްރަމްޕް ބޭނުން ވަނީ އީރާނުން އެމެރިކާއަށް ދީލާލައި އީރާންގެ ބާޒާރު އެމެރިކާގެ މުދަލަށް ހުޅުވާލާށެވެ. އަދި އެކަމަށްޓަކައި އީރާނުން ފުރަތަމަ ކަމަކަށް ނިއުކްލިއާ ޕްރޮގްރާމާއ މިސައިލް ޕްރޮގްރާމު ހުއްޓާލަން މަޖުބޫރު ކުރުމަށް ޓްރަމްޕް ބޭނުން ވެއެވެ. އީރާނުން ބުނެފައި ޤައުމީ ސިޔާސަތުގެ އެންމެ އިންޗިއެއްގެ މިންވަރުވެސް ދޫކޮށް ނުލާނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު