ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އެޕަލްއިން އިސްރާއީލުގެ ކުންފުންޏެއް ގަތް މައްސަލަ ހޫނުވެއްޖެ
ދުނިޔެ

އެޕަލްއިން އިސްރާއީލުގެ ކުންފުންޏެއް ގަތް މައްސަލަ ހޫނުވެއްޖެ

އއިބްރާހީމްް ސަމީރު19 ފެބްރުއަރީ 2026
ސްމާޓް ޓީވީ ފަދަ އިންޓަނެޓާ ގުޅިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ޖާސޫސީ އިދާރާތަކުން ފާރަލަމުންދާ ކަމަށް ބުނެ ޑިޖިޓަލް ޕްރައިވެސީއާ މެދު އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ފެށިއްޖެއެވެ. ސްމާޓް ޓީވީތައް ނިއްވާލާފައި ހުންނަ ވަގުތުތަކުގައި ވެސް އޭގައި ހުންނަ މައިކްރޯފޯންތައް އެކްޓިވޭޓްކޮށްގެން އަޑުއެހުމުގެ ގާބިލުކަން ޖާސޫސީ އިދާރާތަކަށް ލިބިގެންވާ ކަމަށް ޑިޖިތަލް އެކްޓިވިސްޓުން ބުނެއެވެ. ޔޫކޭގެ ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގއި އެޕަލް ކުންފުނިން ވަނީ އިސްރާއީލުގެ ސްޓާޓަޕް ކުންފުންޏެއް ކަމަށްވާ "ކިއުޑޮޓް"  ގަނެފައެވެ. މި ކުންފުންޏަކީ މޫނު ދެނެގަތުމާއި ފޯނު އަންލޮކް ކުރުމުގެ ޓެކްނޮލޮޖީ އުފެއްދުމުގައި މަޝްހޫރު އިސްރޭލުގެ އަބްޔާދު މައިސެލްސް އުފައްދާފައިވާ ކުންފުންޏެކެވެ. ކިއުޑޮޓްއިން އުފައްދަމުންދާ ސިސްޓަމްތަކަކީ މޫނުމަތީގެ ކުދި ހަރަކާތްތައް ނުވަތަ "މައިކްރޯ އެކްސްޕްރެޝަންސް" ދެނެގަތުމާއި، މަޑުމަޑުން ދައްކާ ވާހަކަވެސް ދެނެގަތުމުގެ ގާބިލުކަން ހުރި ސިސްޓަމްތަކެއް ކަމަށް އެކްޓިވިސްޓުން ބުނެއެވެ. މިފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން އިންސާނުންގެ އިހުސާސްތަކާއި މޫނުމަތީގެ ހަރަކާތްތައް ދެނެގަނެވި، އަމިއްލަ މިނިވަންކަމަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތް ނަމަވެސް، އެޕަލްއިން މި ޓެކްނޮލޮޖީ ބޭނުންކުރާނެ ވަކި ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި ބޮޑެތި ކުންފުނިތަކުން އާންމުކޮށް މިފަދަ އާ އީޖާދުތައް ކުރާ ކުދި ކުންފުނިތައް ގަނެއެވެ.    

ގުޅުންހުރި ޚަބަރު