ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޒަޔަނިސްޓު ޔަހޫދީންނަށް މި ހުޅުކޮޅު ނިއްވައެއް ނުލެވޭނެ
ދުނިޔެ

ޒަޔަނިސްޓު ޔަހޫދީންނަށް މި ހުޅުކޮޅު ނިއްވައެއް ނުލެވޭނެ

އއިބްރާހީމްް ސަމީރު21 ފެބްރުއަރީ 2026
ރަމަޟާން މަހުގެ ފުރަތަމަ ހުކުރުގައި 80،000 މީހުން މަސްޖިދުލް އަޤްޞާގައި ނަމާދުކޮށްފިއެވެ. މިއީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރި ގިނަ ހުރަސްތަކަކާ އެކުވެސް ޖަމާވި އަދަދެކެވެ. ހިފާފައިޥާ ޤުދުސްގެ އިސްލާމީ އައުޤާފު އިދާރާއިން ހާމަކުރި ގޮތުގައި، ހުޅަނގު އައްސޭރިން ޤުދުސްއަށް ވަންނަން އުޅުނު މީހުންނަށް އިސްރާއީލުން ވަނީ ހުރަސް އަޅާފައެވެ. މިގޮތުން ޤަލަންދިޔާ އަސްކަރީ ޗެކްޕޮއިންޓްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، މިސްކިތަށް ވަންނަން އުޅުނު މީހުންގެ އައިޑީ ކާޑުތައް ޗެކްކޮށް ގިނަ އިރު ވަންދެން ކިޔޫގައި ތިބެން ޖައްސައި ޖެއްސުންކޮށްފައި ވެއެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ އުމުރުން 55 އަހަރުން ދަށުގެ ފިރިހެނުންނާއި 50 އަހަރުން ދަށުގެ އަންހެނުން ހިފފައިޥާ ޤުދުސްއަށް ވަނުން މަނާކޮށްފައެވެ. މި ހަރުކަށި ފިޔަވަޅުތަކާއެކުވެސް، ރަމަޟާން މަހުގެ ފުރަތަމަ ހުކުރުގެ ބަރަކާތް ހޯދުމަށްޓަކައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ފަތިހުއްސުރެ މަސްޖިދުލް އަޤްޞާއަށް ދިއުމަށް ޔަހޫދީ ޗެކް ޕޮއިންޓްތަކުގައި ސަފު ހަދާފައެވެ. އަސްކަރީ ޗެކްޕޮއިންޓްތަކުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު ނަމަވެސް، ކެތްތެރިކަމާއެކު ފަލަސްޠީނު މީހުން ވަނީ މިސްކިތުގެ ގޯތިތެރެއަށް ވަދެ ޖަމާއަތުގައި ބައިވެރިވެފައެވެ.

ގުޅުންހުރި ޚަބަރު