ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އެޕްސްޓީންގެ ލިސްޓްގައި ފަގުޑި އެޅި މީހަކު ނެތީ ކީއްވެ؟
ދުނިޔެ

އެޕްސްޓީންގެ ލިސްޓްގައި ފަގުޑި އެޅި މީހަކު ނެތީ ކީއްވެ؟

އއިބްރާހީމްް ސަމީރު21 ފެބްރުއަރީ 2026
މަޝްހޫރު އައިރިޝް އެކްޓަރު ލިއާމް ނީސަންގެ ފިލްމު 'ޓޭކަން' ބެލިން ހެއްޔެވެ؟ އެފިލްމަކީ  އިންސާނީ ވަގުފާރިއާއި ޖިންސީ މަސައްކަތަށް ކުޑަކުދިން ބޭނުން ކުރުމުގެ ނުރައްކާތެރިކަން ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި ފެންނަނީ ނުފޫޒުގަދަ މުއްސަނދިންގެ ފަރާތުން އާންމު ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމެވެ. ހަގީގަތުގައި އުމުރު ހަމަނުވާ އަންހެން ކުދިން ރޭޕް ކުރަނީ ހުޅަނގުގެ ސަގާފަތުގައެވެ. ނަމަވެސް ޓޭކަން ފިލްމުގައި ދައްކާފައި ވަނީ މި ކަމަކީ އަރަބި ޝެއިޚުން ކުރާ ކަމެއް ކަމަށެވެ. ހަގީގީ މުޖުރިމުން ތިބެނީ ފަގުޑިއާއި ފޮށާ އަޅައިގެން ނޫން ކަމަށާއި އެއީ ކޯޓުފަޓުލޫނު ލައިގެން ތިބޭ މީހުން ހިންގާ ޖަރީމާއެއް ކަން މިއަދު ދުނިޔެއަށް މި ވަނީ ހާމަވެފައެވެ. މިއަދު ދުނިޔޭގައި ދެކެވޭ ޖެފްރީ އެޕްސްޓީންގެ ވާހަކައަކީ ހުޅަނގުގެ މުޖުތަމައުގައި އިސްވެރިން އުމުރު ހަމަނުވާ އަންހެން ކުދިންގެ ވިޔަފާރި ކުރުމުގެ ހަގީގީ ސޫރައެކެވެ. އެޕްސްޓީންގެ މައްސަލައާއެކު އެމެރިކާގެ ވެރިންނާއި އަމީރުންނާއި މުއްސަނދިންނާއި ދުނިޔޭގެ ބޮޑެތި ނުފޫޒުގަދަ ޝަހުސިއްޔަތުތަކުގެ އަނދިރި ފަރާތް ވަނީ ހާމަވެފައެވެ. ޖެފްރީ އެޕްސްޓީންއަކީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން އުފެއްދި ފައިނޭންސިއަރެކެވެ. އޭނާގެ މުއްސަނދިކަމުގެ އަސްލާ މެދު އަބަދުވެސް ސުއާލު ކުރެވުނެވެ. ނިއުޔޯކާއި ފްލޮރިޑާ އަދި ވަރޖިން އައިލެންޑްސްގައި އޭނާގެ މުއްސަނދިކަން ހުއްޓެވެ. އޭނާގެ އަމިއްލަ މަތިންދާބޯޓު 'ލޮލީޓާ އެކްސްޕްރެސް' އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަށް ބޭނުންކުރި ވަސީލަތެއްގެ ގޮތުގައި މީޑިއާއިން ސިފަކޮށްފައިވެއެވެ. ޔަހޫދީ މީހާ ޖެފްރީ އެޕްސްޓިންއަކީ މުސްލިމެއް ނަމަ ދުނިޔެއިން ފިސާރި ވަރުގަދައަށް މިވާހަކަ ފަތުރަމުން ދިޔައީހެވެ. 2008 ވަނަ އަހަރު އެޕްސްޓީންގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އިއުތިރާފްގެ ބަޔާނާއެކު އޭނާއަށް ލިބުނީ ވަރަށް ކުޑަ އަދަބެކެވެ. މިއީ ހުޅަނގުގެ އިންސާފުގެ ނިޒާމު ނުފޫޒުގަދަ މީހުންނަށް ލެނބޭ މިންވަރު ހާމަވާ ކަމެކެވެ. އޭނާ ޖަލުގައި ހުރި އިރުވެސް ދުވާލު ގަޑީގައި ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ލިބުނެވެ. މިއީ އާންމު ރައްޔިތަކަށް ދުވަހަކުވެސް ލިބޭނެ ފުރުސަތެއް ނޫނެވެ. މިފަދަ ކަމެއް ދުނިޔޭގެ އެހެން ހިސާބެއްގައި ހިނގާފައިވާނަމަ އެކަމެއް ހުޅަނގުގެ މީޑިއާއަށް ވަރަށް މުހިންމު ކަމަކަށް ވާނެއެވެ. ހުޅަނގުގެ މީޑިއާން އަބަދުވެސް މަސައްކަތް ކުރަނީ ޖިންސީ ގޯނާއާއި ހަރުކަށި ފިކުރަކީ ހަމައެކަނި މުސްލިމް މުޖުތަމައުތަކުގައި އޮންނަ ކަމެއްގެ ގޮތުގައި ދެއްކުމަށެވެ. ނަމަވެސް އެޕްސްޓީންގެ ލިސްޓުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެ ލިސްޓުގައި ތިބީ ދުނިޔޭގެ ބޮޑެތި ބާރުގެ މިހާރުގެ ރައީސާއި ކުރީގެ ރައީސުންނާއި، އަމީރުންނާއި، ސައިންސްވެރިންނާއި، މަހުޖަނުންނެވެ. ކަލަކު ވޮޑިގެން ނުވާކަމަށް ބުނި ނުކުޅެދޭ ސައިންޓިސްޓަކު ވެސް މި ޖަރީމާގައި ބައިވެރިވާ ކަން މިހާރު ވަނީ ބޭޒާރު ވެފައެވެ. މި ލިސްޓުގައި އެއްވެސް ފަގުޑި އެޅި މީހަކު، ދީނީ އިލްމުވެރިއަކު ނެތެވެ. މިއިން އެނގެނީ ޖިންސީ ދަހިވެތިކަމާއި އުމުރު ހަމަނުވާ ކުދިންނަށް ހިތްކިޔުމަކީ ދީނީ ފިކުރަކަށް ނިސްބަތްވާ ބަޔަކު ކުރާކަމެއް ނޫން ކަމެވެ. އެޕްސްޓީންގެ ސިއްރުތައް އޮއްބާލުމަށް އޭނާ ދަންޖައްސާލި ގޮތުގެ ހަގީގަތް މިއަދާ ހަމައަށްވެސް ވަނީ ސިއްރު ކޮށްފައެވެ. އޭނާ ޖަލުގައި މަރާލީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ އެއީ ނުފޫޒުގަދަ މީހުންގެ ސިއްރުތައް ރައްކާތެރިކުރުމަށް ކުރި ކަމެއްގެ ގޮތުގައެވެ. މި މައްސަލައިން ހާމަވަނީ ހުޅަނގުގެ މިނިވަން ސަގާފަތުގެ ތެރޭގައި ފޮރުވިފައިވާ ޖަރީމާތައް ހިންގުމާއި އަދި އެފަދަ ކަންކަން މުސްލިމުންގެ ބޮލުގައި އަޅުގައި މުސްލިމުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކެވެ. ހަމަ ވަރަށް ޒަޔަނިސްޓު ދުނިޔެއެކެވެ.  

ގުޅުންހުރި ޚަބަރު