ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ސްޕެއިންގެ ޖިންނި ހޮޓާ 50 އަހަރު ފަހުން ތަޅާލެވޭތޯ ބަލަނީ
ދުނިޔެ

ސްޕެއިންގެ ޖިންނި ހޮޓާ 50 އަހަރު ފަހުން ތަޅާލެވޭތޯ ބަލަނީ

އއިބްރާހީމްް ސަމީރު25 ފެބްރުއަރީ 2026
50 އަހަރު ވަންދެން، ސްޕެއިންގެ ޓެނެރީފްގެ އައްސޭރިފަށުގައި "ވައި" އަކުރުގެ ބައްޓަމަށް އިމާރާތް ކޮށްފައި ހުރި ބޮޑު ކޮންކްރީޓް އޮނިގަނޑެއް ފެންނާން ހުރެއެވެ. މިއީ "ޖިންނިން އުޅޭ ހޮޓެލް" ކަމަށް މަޝްހޫރުވެފައިވާ އަނާޒާ ހޮޓަލެވެ. 1973 ވަނަ އަހަރު އިމާރާތް ކުރަން ފެށި، ނަމަވެސް ހުއްދަ ނެތި އިމާރާތް ކުރުމުގެ ސަބަބުން ދެ އަހަރު ފަހުން މަސައްކަތް ހުއްޓުވާފައިވާ މި 22 ބުރީގެ ބާ އިމާރާތަކީ ސްޕެއިންގައި ހުރި އެންމެ ބިރުވެރި އެއް ބިނާއެވެ. މި ހޮޓަލުގެ ތާރީޚަކީ އޭގެ ބޭރުފުށުން ފެންނަ ބިރުވެރިކަމާ އެއްވަރުގެ ހިތާމަވެރި ތާރީޚެކެވެ. ނުރައްކާތެރި ކުޅިވަރުތަކާއި ހިތާމަވެރި ގޮތްގޮތަށް މީހުން ދަންޖެހެން ވެއްޓުމުގެ ސަބަބުން، ފާއިތުވި އަހަރުތަކުގައި މި އިމާރާތުން އެއްދޮޅަސް މީހަކު ވަނީ މަރުވެފައެވެ. ފުޅަފި ޖަހައި، އިންޒާރުގެ ބޯޑުތައް ހަރުކޮށް، ސަލާމަތީ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، ނުރައްކާތެރި ކަންކަމަށް ޝައުގުވެރިވާ މީހުން ދިޔައީ ސިއްރުން މިތަނަށް ވަންނަމުންނެވެ. މިހާރު، ކަމާބެހޭ ފަރާތްތަކުން ވަނީ މި ޖިންނި ހޮޓާ ތަޅާލުމަށް އެންމެ ފަހުން ނިންމާފައެވެ. ނަމަވެސް މިކަމަކީ ބޮޑު ހޭދައެއް ހިނގާނެ ކަމެކެވެ. 2026 އާއި 2027 އާ ދެމެދު ކުރިއަށް ގެންދަން ރާވާފައިވާ މި މަސައްކަތަށް ޓެކްސް ދައްކާ މީހުންގެ ފައިސާއިން 2.3 މިލިއަން ޔޫރޯ ހޭދަވާނެއެވެ. މިއީ މި އިމާރާތުގެ އަގު ކަމަށްވާ 48 ހާސް ޔޫރޯއަށްވުރެ މާ ބޮޑު އަދަދެކެވެ. މި އިމާރާތުގެ މިލްކުވެރިންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ގާތްގަނޑަކަށް 900 މީހުންނަށް އެއްވެސް ބަދަލެއް ނުލިބޭނެއެވެ. މީގެ ތެރޭގައި ގިނައީ ބޭރު އިންވެސްޓަރުންނެވެ. އައްސޭރިފަށުގެ އުސް ފަސްގަނޑެއްގެ މަތީގައި ހުރި، އަދި އެސްބެސްޓޯސް ފަދަ ނުރައްކާތެރި މާއްދާތައް އެކުލެވޭ މި އިމާރާތް ތަޅާލުމުގެ މަސައްކަތް ވެގެންދާނީ ވަރަށް އުނދަގޫ ކަމަކަށެވެ. މިއީ އެންމެ މެހެމާނަކަށްވެސް މަރުހަބާ ކިޔާފައިނުވާ ހޮޓަލަކަށް ލިބޭ އެންމެ އެކަށީގެންވާ ހިތާމަވެރި ނިމުމެވެ. މޮނޮކްރޯމް މީޑއާ ސިންޑިކޭޓް

ގުޅުންހުރި ޚަބަރު