ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
އުމުރަކީ ހިސާބު ނަންބަރެއް: ބައިވެރިއަކު ލިބުމުން ފަސްޖެހޭކަށް ނުވާނެ
ދުނިޔެ

އުމުރަކީ ހިސާބު ނަންބަރެއް: ބައިވެރިއަކު ލިބުމުން ފަސްޖެހޭކަށް ނުވާނެ

އއިބްރާހީމްް ސަމީރު26 ފެބްރުއަރީ 2026
އުމުރުގެ ގޮތުން ބޮޑު  ދެމަފިރިންގެ ދެމެދު ފަރަގެއް ހުރި ނަމަވެސް، ކައިވެންޏަކީ މީހާ ތާޒާކޮށް ޒުވާން ކުރާ ކަމެއް ކަމަށް ރަވަލްޕިންޑީއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ހަކީމް ބާބަރު ބުނެއެވެ. ބާބަރު ވަނީ އޭނާގެ ކައިވެންޏަށް ފާޑުކިޔާ މީހުންނަށް ވަރުގަދަ ރައްދެއް ދީފައެވެ. އޭނާ ބުނި ގޮތުގައި އުމުރަކީ ހަމައެކަނި ހިސާބު އަކުރެކެވެ. އަދި ލޯބި ލޯބި ޒުވާން އަންހެނަކާ އިނދެގެން އޭނާ ކުރި ކަމަކީ އެއްވެސް ގޯސް ކަމެއް ނޫން ކަމަށެވެ. ޗަކްލާލާ ސްކީމް 3 ގައި ހިނގި މި ކައިވެނީގެ ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ. މި ޚަބަރާ ގުޅިގެން އެކި މަންސަތަކުގައި މީހުން ތަފާތު ޚިޔާލުތައް ފާޅުކުރަމުންދާއިރު، ބައެއް މީހުންގެ ފަރާތުން ނުރުހުމުގެ ރައްދުވެސް ވަނީ ލިބިފައެވެ. އާންމުވެފައިވާ ވީޑިއޯއެއްގައި ބާބަރު ކިޔައިދިން ގޮތުގައި، އޭނާގެ ކައިވެންޏަކީ އާއިލާއިން ހަމަޖެއްސި ކައިވެންޏެކެވެ. އަދި އޭގެ އިތުރުން ލޯބީގެ ކައިވެންޏެއް ވެސް މެއެވެ. ދެމީހުންގެ މެދުގައި ގަޔާވުން އުފެދުމުން، އެ ގުޅުން ދީނީ އަދި ގާނޫނީ އިމުގެ ތެރެއަށް ރަސްމީކޮށް ނިންމީ ކަމަށް އޭނާ ފާހަގަކުރިއެވެ. އިތުރަށް އޭނާ ބުނީ މުހިންމު ކަމަކީ އުމުރު ނޫން ކަމަށާއި، އެންމެ މުހިންމު ކަމަކީ ހިތުގެ ދިރުން ކަމަށެވެ. އޭނާގެ އަންހެނުންނަކީ ކުރިން ކައިވެންޏެއް ކޮށް ވަރިވެފައިވާ މީހެއްކަން ފާހަގަކުރަމުން ބާބަރު ބުނީ، އޭނާ އަމަލުކުރީ މާތް الله ގެ އަމުރުފުޅަށާއި ރަސޫލާގެ ސުންނަތަށް ކަމަށެވެ. އެހެންކަމުން އެއްވެސް ގާނޫނާ ޚިލާފު ނުވަތަ ފާފަވެރި އަމަލެއް ނުކުރާ ކަމަށެވެ. މީހުން ނޭދެވޭ ގޮތަށް ވާހަކަދައްކަނީ ކީއްވެގެންތޯ ބުނެ އޭނާ ސުވާލު އުފެއްދިއެވެ. އަދި އޭނާއަށް ފާޑުކިޔާ ބައެއް މީހުން ކައިވެނިން ބޭރުން ގުޅުންތައް ބާއްވާއިރު، ކައިވެނި ކުރަން ފަސްޖެހޭ ކަމަށް ވެސް ބުންޏެވެ. ބާބަރުގެ އަންހެނުން ވެސް ވަނީ އޭނާގެ ވާހަކަތަކަށް ތާއީދުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ތެދުވެރި ލޯތްބެއް އޮތް ނަމަ އުމުރުގެ ތަފާތަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެކަށީގެންވާ ބައިވެރިއަކު ފެނުމުން ކައިވެނި ކުރުން ލަސްކޮށްގެން ނުވާނެ ކަމަށް ވެސް ބުންޏެވެ. މި ދެމަފިރިން ވަނީ ފިތުރު އީދަށް ފަހު އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު ނެދަލެންޑްސްއަށް ހަނީމޫން ދަތުރެއް ކުރުމަށް ނިންމާ ފައެވެ.

ގުޅުންހުރި ޚަބަރު