ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ހިތާވީ މަގޭ ދެކެ! އިނީ އެހެން މީހަކާ! އެހެންވެ ޕިޝުން... ޕިޝުން.. ބަޑި ޖެހީ!
ދުނިޔެ

ހިތާވީ މަގޭ ދެކެ! އިނީ އެހެން މީހަކާ! އެހެންވެ ޕިޝުން... ޕިޝުން.. ބަޑި ޖެހީ!

އއިބްރާހީމްް ސަމީރު27 ފެބްރުއަރީ 2026
އިންޑިއާގައި ކައިވެނީގެ ހަފުލާތަކަކީ ފިލްމީ ޑްރާމާއަށް ވުރެން ޝައުގުވެރިކަން ކުޑަ ހަފްލާތަކެއް ނޫނެވެ. މި ފަހަރު ކައިވެކޮށްގެން ބޭއްވި ހަފްލާގައި ސްޓޭޖް މަތީގައި ހުއްޓާ ދުލްހަން އަންހެން ކުއްޖާގެ ގަޔަށް އޭނާގެ ލޯބިވެރިޔާ ބަޑިޖަހައި ފިއެވެ. އަދި ބަޑި ޖެހި ސޮރު ވަނީ ފިލާފައެވެ. އިންޑިއާގެ މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ބިހާރު ސްޓޭޓްގައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކައިވެނީގެ އުފާވެރިކަން ގެއްލިގެންދިޔައީ މެހެމާނުންގެ ތެރޭގައި ހުރި، ދުލްހަން، އާރްތީ ކުމާރީގެ ލޯބިވެރިޔާ ސްޓޭޖް ކައިރިއަށް ގޮސް އޭނާގެ ގަޔަށް ބަޑިޖެހުމުންނެވެ. ލޯބިވެރިޔާ ރުޅިއައީ އަންހެން ކުއްޖާ އޭނާއަށް ދީކާ ދިނީތީއެވެ. އިންޑިއާގެ މީޑިއާ ބުނާގޮތުގައި، ބަޑި ޖަހާފައި ވަނީ ސްޓޭޖް މަތީގައި ދެމަފިރިން އެކަކު އަނެކަކަށް މާފަތި އެޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދަނިކޮށެވެ. ބަޑިޖެހުމާއެކު އަންހެން ކުއްޖާ ވަނީ ސްޓޭޖް މައްޗަށް ވެއްޓިފައެވެ. ސްޓޭޖް މައްޗަށް ވެއްޓުނު އިރުވެސް އަންހެން ކުއްޖާ އޮތީ ހޭނެތިފައެއް ނޫނެވެ. ނަމަވެސް ކުރޮޅިއެއްގައި ހޮސްޕިޓަލަށް ގެންދިޔަފަހުން އޭނާގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުލުހުން ބުނާގޮތުގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމަށްޓަކައި ފުލުހުން ދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިމީހުންނަކީ މުސްލިމުންނެއް ނޫނެވެ.

ގުޅުންހުރި ޚަބަރު