ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޝިންޖިއާންއާބެހޭ ރިޕޯޓަށް ޗައިނާއިން ޢަމަލު ނުކުރާނެ
ދުނިޔެ

ޝިންޖިއާންއާބެހޭ ރިޕޯޓަށް ޗައިނާއިން ޢަމަލު ނުކުރާނެ

އއިބްރާހީމްް ސަމީރު30 ސެޕްޓެމްބަރު 2024
ޝިންޖިއާންގެ ސަރަހައްދުގައި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ޗައިނާއަށް ގޮވާލައި އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ އިދާރާއިން ފާސް ކުރި ރިޕޯޓް ތަންފީޒު ކުރުމަށް ޗައިނާއިން ދެކޮޅު ހަދައެވެ. ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން މި ރިޕޯޓް ފާސްކޮށްފައި ވަނީ ޖުލައި މަހުއެވެ. ޝިންޖިއާނަކީ ޗައިނާގައި މުސްލިމުންގެ ޒާތީ މިނިވަން ސަރަހައްދެވެ. ބައިނަލްއަޤްވާމީ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޝިންޖިއާންގައި ޗައިނާއިން ދަނީ އިސްލާޙިއްޔާތަކެއް ހިންގަމުންނެވެ. އެތަންތާނގައި މީހުންގެ ސިކުނޑި ދޮވެލުމަށް މަސައްކަތް ކުރާ ކަމަށާއި މުސްލިމުން ދަރިމައި ނުވާ ގޮތް ހަދަމުންދާ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. އަދި ބައިނަލްއަޤްވާމީ ޖަމުއިއްޔާތަކުން އެކަމަށް ރިޕޯޓްތައް ތައްޔާރުކޮށްފައި ވެއެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލީހާއި އެހެން ބައެއް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުންވެސް އެކަން ކުށްވެރިކޮށް ޗައިނާ ސެންސަރުކޮށްފައި ވެއެވެ. އެފަރާތްތަކުން ބުނަނީ އުއިގޫރު މުސްލިމުން ބަންދުކުރުމަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށެވެ. 2022 ވަނަ އަހަރުގެ ޔޫއެންއެޗްއާރުސީން ތައްޔާރުކޮށްފައިވާ ރިޕޯޓަށްވެސް ޗައިނާއިން ވަނީ ފާޅުގައި ދެކޮޅު ހަދާފަ އެވެ. ޗައިނާއާ ދެކޮޅށް ކުރެވޭ ތުހުމަތުތައް ބެއިޖިން އިން ދޮގު ކުރެއެވެ. ޗައިނާއިން ބުނަނީ މިއީ ޗައިނާއާ ދެކޮޅަށް ހުޅަނގުން ހިންގާ ޕްރޮޕެގެންޑާ ކަމަށެވެ. މި ރިޕޯޓް ޝާއިއުކޮށްފައިވަނީ އދ.ގެ ހިއުމަން ރައިޓްސްގެ ކުރީގެ ވެރިޔާ މިޝެލް ބެކްލެޓްއެވެ. އަދި އޭނާގެ އޮފީހުގެ އެންމެ ފަހު ދުވަހު އޭނާ ވަނީ މި ރިޕޯޓް ޝާއިއުކޮށްފައެވެ.

ގުޅުންހުރި ޚަބަރު