ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިޒްރޭލާ އެމެރިކާއަށް އުދުވާނީ ޓެރަރިސްތް ހަމަލައަށް އީރާނުން ބަދަލު ހިފަނީ
ދުނިޔެ

އިޒްރޭލާ އެމެރިކާއަށް އުދުވާނީ ޓެރަރިސްތް ހަމަލައަށް އީރާނުން ބަދަލު ހިފަނީ

އއިބްރާހީމްް ސަމީރު28 ފެބްރުއަރީ 2026
އީރާނުގެ ސިފައިން ތިބީ "އުދުވާނީ ހަމަލާދޭ ފަރާތްތައް ކުރި އަމަލާ މެދު ހިތާމަކުރަންޖެހޭ ފަދަ" ރައްދެއް ދިނުމަށް "ފުރިހަމައަށް ތައްޔާރުވެގެން" ކަމަށް އެގައުމުން ބުނެފިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ މިއަދު ހެނދުނު އިސްރާއީލުން ދިން ހަމަލާތަކަކީ އެގައުމުގެ "އިސްތިގުލާލަށާއި ސިޔާދަތަށް، އަދި ދިފާއީ އިންފްރާސްޓްރަކްޗަރާއި އެކި ސިޓީތަކުގައި ހުރި އަސްކަރީ ނޫން މަދަނީ ތަންތަނަށް" އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. މެދުއިރުމަތީގެ ސަރަހައްދުގެ އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ވަނީ ހަމަލަ ދީފައެވެ. މިހާތަނަށް ހަމަލަ ދިންކަން އެނގިފައިވާ ތަންތަނަކީ: އަބޫދާބީ، ޔޫއޭއީ މަނާމާ، ބަހްރޭން ކުވެއިތު ގަތަރު [caption id="" align="alignnone" width="1081"] ކޮންމެ ރަށް ނުގުތާއަކީ އެމެރިކާގެ އަސްކަރީ މަރުކަޒެއް[/caption] އީރާނުގެ ހަމަލަތަކާ ގުޅިގެން ގަލްފްގެ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. ގަތަރު، ކުވެއިތު އަދި ޔޫއޭއީން ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. ރާއްޖެއަށް އަންނަ ފްލައި ޑުބާއީ ފްލައިޓް ވަނި ލަސްވެފައެވެ. މިއީ ލަސްވި ފުރަތަމަ ފްލައިޓެވެ. އީރާނުގެ ބަޔާން: "އެމެރިކާއާއި ޒަޔަނިސްޓް ރެޖީމުން އީރާނާ ދެކޮޅަށް އަލުން ފެށި އަސްކަރީ އުދުވާނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރުގެ އުސޫލުތަކާ ހިލާފު ކަމެއް. އިސްލާމީ ޖުމްހޫރިއްޔާ އޮފް އީރާނުން ދެކޭ ގޮތުގައި މިއީ ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް އޮތް ސާފު ނުރައްކަލެއް. އަދި މިއަށް ވަރުގަދަ ރައްދެއް ދިނުމުގެ ގާނޫނީ ހައްގު އީރާނަށް ލިބިގެންވާކަން ފާހަގަކުރަން،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. "އީރާނުގެ ރައްޔިތުން އަބަދުވެސް ދައްކަމުން އައީ ކެތްތެރިކަން. އެއީ މަސްލަހަތު ގޯސްވިޔަނުދީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި،" އެ ބަޔާނުގައިވެއެވެ. އަދި ސިފައިން ތިބީ "ގައުމު ދިފާއުކުރުމަށް ފުރިހަމައަށް ތައްޔާރުވެގެން" ކަމަށާއި "ހަމަލާދޭ ފަރާތްތައް އެމީހުންގެ އަމަލުތަކާ މެދު ހިތާމަކުރަންޖެހޭނެ" ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކަކީ "އަސްކަރީ އުދުވާނެއްގެ ސާފު މިސާލެއް" ކަމަށް ބުނެ، އަމިއްލަ ނަފްސުގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އީރާނަށް ލިބިދޭ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާއާ ހަވާލާދީފައިވެއެވެ. "ތާރީހުން ދައްކާ ގޮތުގައި އީރާނުގެ ރައްޔިތުން ދުވަހަކުވެސް އުދުވާނަކަށް ކުޑަކަކޫ ނުޖަހާނެ. މިފަހަރުވެސް އީރާނުގެ ރައްދު ވާނީ ވަރުގަދަ ރައްދަކަށް. އަދި ހަމަލާދޭ ފަރާތްތަކުން އެމީހުންގެ ދުޝްމަނު އަމަލުތަކާ މެދު ހިތާމަކުރާނެ،" ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު