ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ސަލާމަތީ މަޖިލީހަށް އިންޑިއާ ވެއްދުމަށް ދައްކާ ވާހަކަ ގިނަވެއްޖެ
ދުނިޔެ

ސަލާމަތީ މަޖިލީހަށް އިންޑިއާ ވެއްދުމަށް ދައްކާ ވާހަކަ ގިނަވެއްޖެ

އއިބްރާހީމްް ސަމީރު30 ސެޕްޓެމްބަރު 2024
އދ. ގެ ސަލާމަތީ މަޖިލީހުގައި އިންޑިއާއަށް ދާއިމީ ގޮނޑިއެއް ދިނުމަށް، ދުނިޔޭގެ ބޮޑެތި ބާރުތަކުން ގޮވާލުން މިއަހަރު އާންމު ވެއްޖެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ފްރާންސްގެ އެމަނުއެލް މެކްރޮން ވެސް ވަނީ އެބޭފުޅުންގެ ވާހަކަފުޅުތަކުގައި މި ފަދައިން ގޮވާލައްވާފައެވެ. އޭގެ ފަހުން ޔޫކޭގެ ބޮޑު ވަޒީރު ވެސް ވަނީ އެ މޭރުމުން އދގެ ޕޯޑިއަމްގައި ގޮވާލައްވާފައެވެ. އދގެ ސަލާމަތީ މަޖިލީހުގައި މިހާރު ހިމެނެނީ ދާއިމީ ފަސް މެންބަރުންނާއި ދާއިމީ ނޫން 10 ގައުމެކެވެ. ދާއިމީ ފަސް މެންބަރުންނަކީ ރަޝިޔާ، އިނގިރޭސިވިލާތް، ޗައިނާ، ފްރާންސް، އަދި އެމެރިކާ އެވެ. އަދި އެޤައުމުތަކަކީ ޤަރާރުތައް ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ ޤައުމުތަކެވެ. "އަޅުގަނޑުމެން ބޭނުންވަނީ ކައުންސިލްގައި އެފްރިކާގެ ދާއިމީ ތަމްސީލު ވުމެން ފެންނާން. ބްރެޒިލް، އިންޑިއާ، ޖަޕާން، އަދި ޖަރުމަނު ވެސް ދާއިމީ މެމްބަރުންގެ ގޮތުގައި ދެކެން، އަދި އިންތިޚާބު ކުރާ މެމްބަރުންނަށް ވެސް އިތުރު ގޮނޑިތައް ދިނުމަށް،" ޔޫކޭގެ ބޮޑު ވަޒީރު ކީއޭރް ސްޓާމަރ ވިދާޅުވި އެވެ. ބުދަ ދުވަހު ވާހަކަ ދައްކަވަމުން، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވެސް ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ގޮތުގައި އިންޑިއާ ހިމެނުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ޖަރުމަނާއި ޖަޕާން، އިންޑިއާ، އަދި ބްރެޒިލް އަކީ ދާއިމީ މެމްބަރުން ކަމަށް ހެދުމުގެ އިތުރުން، އެފްރިކާ ތަމްސީލު ކުރަން ޤައުމަކަށް އެއްބަސްވާން ޖެހޭނެ ކަމަށެވެ. މިދިޔަ ހަފްތާގައި ޖޯ ބައިޑަން ވަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ގޮތުގައި އިންޑިއާ އޮތުމަށް އޭނާ ޤަބޫލުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. ޑިލަވޭއާގެ ވިލްމިންގޓަންގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި މަޝްވަރާތަކުގައި ބައިޑަން ވިދާޅުވީ އިންޑިއާގެ މުހިންމު އަޑު އިއްވޭ ގޮތަށް ދުނިޔޭގެ މުއައްސަސާތައް އިސްލާހު ކުރުމަށް އެމެރިކާއިން ތާއީދުކުރާ ކަމަށެވެ. އިންޑިއާ އެންމެ ފަހުން ސަލާމަތީ މަޖިލީހުގައި އިނީ ދާއިމީ ނޫން މެމްބަރެއްގެ ގޮތުގައި 2021-22 ވަނަ އަހަރު އެވެ.

ގުޅުންހުރި ޚަބަރު