ދިވެހި|English 9 ޖުލައި 2026 · 04:05
Top banner
Advertisement
މިއީ ތިޔަބޭފުޅުންގެ ހަނގުރާމައެއް ނޫން. މިކަމުގެ ތެރެއަށް އިތުރަށް ނުފީނާ: އޮމާނުގެ ފޮރިން މިނިސްޓަރު އެމެރިކާއަށް
ދުނިޔެ

މިއީ ތިޔަބޭފުޅުންގެ ހަނގުރާމައެއް ނޫން. މިކަމުގެ ތެރެއަށް އިތުރަށް ނުފީނާ: އޮމާނުގެ ފޮރިން މިނިސްޓަރު އެމެރިކާއަށް

އއިބްރާހީމްް ސަމީރު28 ފެބްރުއަރީ 2026
ޣަދަރު ވެރިކަމާއެކު އީރާނަށް އެމރިކާއާއި އިޒްރޭލުން ދިން އުދުވާން އެމެރިކާއާއި އީރާނާ ދެމެދު ނުސީދާ މަޝްވަރާތަކުގެ މެދުވެރިއަކަށް ހުންނެވި އޮމާނުގެ ފޮރިން މިނިސްޓަރު ބަދުރު އަލްބޫސައިދީ ކުށްވެރި ކުރައްވައިފި. ސޯޝަލް މީޑިއާގައި އަލްބުސައިދީ ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ހަމަލާތަކުން އޭނާ “މާޔޫސް” ވެވަޑައިގެންފައިވާ ކަމަށް. "އެކްޓިވް އަދި ސީރިއަސް މަޝްވަރާތަކަށް ބުރޫއަރާފައިވޭ. އެމެރިކާގެ މަސްލަހަތަށް ވެސް އަދި ދުނިޔޭގެ ސުލްހައިގެ މަސައްކަތަށް ވެސް މިކަމުން ފައިދާއެއް ނުކުރާނެ. އަދި ކުށެއް ނެތް މީހުން މެރުމުގެ ބޭނުމެއް ނެތް" އޭނާ އިތުރަށް ވިދާޅުވި އެވެ. "އަޅުގަނޑު އެމެރިކާއަށް އިލްތިމާސް ކުރަން މި ކަމުގެ ތެރެއަށް އިތުރަށް ނު ގެނބެން. މިއީ ތިޔަބޭފުޅުންގެ ހަނގުރާމައެއް ނޫން" ބަދުރު އަލްބޫސައީދީ

ގުޅުންހުރި ޚަބަރު