ދިވެހި|English 9 ޖުލައި 2026 · 04:05
Top banner
Advertisement
އެޕްސްޓީންގެ ފައިލްތަކުގެ ބިރުދައްކައިގެން ޓްރަމްޕަށް ހަމަލަދޭން މަޖުބޫރު ކުރުވައިފި
ދުނިޔެ

އެޕްސްޓީންގެ ފައިލްތަކުގެ ބިރުދައްކައިގެން ޓްރަމްޕަށް ހަމަލަދޭން މަޖުބޫރު ކުރުވައިފި

އއިބްރާހީމްް ސަމީރު1 މާރިޗު 2026
އެމެރިކާގެ ކުއިންސީ އިންސްޓިޓިއުޓް ފޯ ރެސްޕޮންސިބަލް ސްޓޭޓްކްރާފްޓްގެ ރައީސް ތްރީތާ ޕާސީ ވިދާޅުވީ، އީރާނަށް ދިން އުދުވާނީ ހަމަލާގެ އޮޕަރޭޝަން ދިފާއުކޮށް ޓްރަމްޕް ވާހަކަދެއްކެވި ނަމަވެސް، އެމެރިކާއިން އީރާނަށް ދިން ހަމަލާއަށް އެއްވެސް "ބައިނަލްއަގުވާމީ ގާނޫނީ އަސާސެއް" ނެތް ކަމަށެވެ. ޕާސީ ވިދާޅުވީ، "މިއީ ހަމައެކަނި ޣައިރު ގާނޫނީ ހަނގުރާމައެއް ނޫން ކަމަށާއި، މިއީ މެދުއިރުމައްޗާއި އެހެނިހެން ސަރަހައްދުތަކުގައި ކުރާ ބޭކާރު ހަނގުރމައެއް. އަދި ނިމުމެއް ނެތް ހަނގުރާމަތަކާ ދެކޮޅަށް ތެދުވާނެ ކަމަށާއި، އޭނާއަކީ ސުލްހައިގެ ރައީސް ކަމަށް ވިދާޅުވެ ޑޮނަލްޑް ޓްރަމްޕް އޭނާގެ ވޯޓުލީ މީހުންނަށް ވެވަޑައިގެންނެވި ވައުދާ ކަނޑައެޅިގެން ޚިލާފުވުމެއް" ކަމަށެވެ. ޕާސީ ތަފްސީލުކޮށްދެއްވި ގޮތުގައި، ޓްރަމްޕް ވަނީ އިޒްރޭލުން ދެއްކި ވާހަކައަށް ދީލާލާފައެވެ.  އަދި އެމީހުންގެ ބަސް "ގަބޫލުކޮށްފައެވެ". މީގެ ސަބަބުން އޭނާ ހަމަލާއަކާ އަދި ހަލާކަކާ ދިމާލަށް މިސްރާބު ޖެހީއެވެ. "އީރާނު މީހުން ހަނގުރާމައަށްވުރެ ބޮޑަށް ބިރުގަންނަނީ ސަރުކާރުން އަމާން ދީފާނެތީ. އަދި އެމީހުން ތިބީ ޓްރަމްޕަށް އަމާންދޭ ކަހަލަ މޫޑެއްގައެއް ނޫން، އަދި އެކަމުގެ ބޭނުމެއްވެސް ނެތް. އޭގެ ނަތީޖާއެއްގެ ގޮތުން، ޓްރަމްޕް މި މައްސަލަ އިތުރަށް ގޯސްކުރަން ތައްޔާރަށް ހުރިކަން މިހާރު މިވަނީ ސާބިތުފައި،" އޭނާ ވިދާޅުވިއެވެ.   މިއީ އެޕްސްޓީންގެ ފައިލްތަކުން މީހުންގެ ސަމާލުކަން އަނބުރާލުމަށް ޓްރަމްޕަށް ލިބުނު ފުރުސަތެކެވެ.

ގުޅުންހުރި ޚަބަރު