ދިވެހި|English 9 ޖުލައި 2026 · 04:06
Top banner
Advertisement
މި ދެމަފިރިން ވަރި ވަނީ 28 އަހަރު ފަހުން
ދުނިޔެ

މި ދެމަފިރިން ވަރި ވަނީ 28 އަހަރު ފަހުން

އއިބްރާހީމްް ސަމީރު1 މާރިޗު 2026
ތަމަޅަ ފިލްމީ އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު އަދި ސިޔާސީ ޕާޓީ 'ތަމަޅަގަ ފެޓްރީ ކަޒަގަމް'  ގެ ލީޑަރު ޖޯސެފް ވިޖޭ ޗަންދުރަޝޭކަރު (ވިޖޭ) ގެ އަންހެނުން ސަންގީތާ ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. އިންޑިއާގެ މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަންގީތާ ވަރިވުމަށް އެދި ހުށަހަޅާފައިވަނީ ފިލްމީ ތަރިންނާ ބެހޭ ކަންކަން ބަލާ ލޯކަލް ކޯޓަކަށެވެ. އުމުރުން 48 އަހަރުގެ ސަންގީތާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އެމީހުންގެ ކައިވެނީގެ ރަސްމީ ރަޖިސްޓްރީ ފުރަތަމަ ކުރެވުނީ 10 ޖުލައި 1998 ގައި އިނގިރޭސިވިލާތުގައި ކަމަށެވެ. އޭގެ ފަހުން ހިންދޫ އާދަކާދައިގެ މަތިން 25 އޮގަސްޓް 1999 ގައި ޗެންނާއީގެ ރާޖާ މުތުޔާ މަންދިރަމްގައި ކައިވެނީގެ ރަސްމިއްޔާތެއް ބޭއްވުނު ކަމަށެވެ. މައްސަލަ ހުށަހެޅި ފަރާތުން ބުނި ގޮތުގައި، ކައިވެނީގެ ކުރީކޮޅު ދުވަސްތައް ދިޔައީ ވަރަށް އުފާވެރިކޮށް ކަމަށާއި، ނަމަވެސް އޭޕްރީލް 2021 ގައި ވިޖޭ އާއި އެހެން ބަތަލާއަކާ ދެމެދު ކައިވެނިން ބޭރުން ގުޅުމެއް އޮތްކަން އެނގުނު ކަމަށެވެ. މީގެ ސަބަބުން ނަފްސާނީ ގޮތުންނާއި އިހުސާސްތަކަށް ފުން އަސަރުތަކެއް ކުރި ކަމަށާއި، މިއީ އޮޅުވާލުމާއި ކައިވެނީގެ އިތުބާރު ނަގާލުން ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، އެ ގުޅުން ހުއްޓާލާނެ ކަމަށް ވިޖޭ ޔަގީންކަން ދިން ނަމަވެސް، އެ ގުޅުން އަދިވެސް ދަނީ ކުރިއަށެވެ. 28 އަހަރު ފަހުން ދެމީހުން ވަނީ ވަރިފަށަށް އަރާފައެވެ.

ގުޅުންހުރި ޚަބަރު