ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ދީނަށް ފުރައްސާރަ ކުރިކަމަށް ބުނެ، މަރާލީ ރޭވުމަކުން
ދުނިޔެ

ދީނަށް ފުރައްސާރަ ކުރިކަމަށް ބުނެ، މަރާލީ ރޭވުމަކުން

އއިބްރާހީމްް ސަމީރު1 އޮކްޓޯބަރު 2024
ޕާކިސްތާންގެ ސިންދު ޕްރޮވިންސްގެ އުމަރުކޯޓު އަވަށުގައި އިސްލާމްދީނަށް ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރެވުނު މީހާ މަރާލުމާއި އެއަށްފަހު އޭނާގެ ގަބުރުގައި ރޯކޮށްލުމުގެ ތުހުމަތުގައި ބަޔަކު މީހުން ހައްޔަރުކޮށްފިއެވެ. ޑރ. ޝާހްނަވާޒު ކުންބަރު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ފުލުހުންގެ ދެ އޮފިސަރަކާއެކު 48 މީހުން ހިމެނެއެވެ. އަދި އޭނާގެ ގަބުރުގައި ރޯކޮށްލުމުގެ ތުހުމަތުގައި ދެ މުއްލާއަކާއި އެ ދެމީހުންގެ އައުވާނުން ހިމެނެއެވެ. ފުލުހުންގެ އެތެރޭގައި ކޮށްފައިވާ ތަހުޤީޤަކުން ސާބިތުވީ ޑރ. ޝާހްނަވާޒު ކުންބަރު ފުލުހުންގެ ބަންދުގައި ހުއްޓައި މަރާލީ ފުލުހުންގެ އޮފިސަރުންގެ ރޭވުމެއްގެ މަތިން ކަމަށެވެ. ފުލުހުން މި ތަހުޤީޤު ފެށީ، ހައިކޯޓުގެ ވަކީލު އަދި މަރުޙޫމުގެ ކޮއްކޮ މުހައްމަދު އިބްރާހިމް ކުންބަރުގެ ފަރާތުން ހުށަހެޅި ޝަކުވާގައި ފުލުހުންގެ އޮފިސަރުންނާއި މުއްލާއިންނާއި ތާކިހާއެޅި ބަޔަކު އޭނާ މަރާލައި ގަބުރުގައި ރޯކޮށްލިކަމަށް ބުނުމާ ގުޅިގެންނެވެ.

ގުޅުންހުރި ޚަބަރު