ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އީރާނުގެ މިސައިލެއް އަލްއުދައިދު އަސްކަރީ މަރުކަޒަށް އަރައިފި
ދުނިޔެ

އީރާނުގެ މިސައިލެއް އަލްއުދައިދު އަސްކަރީ މަރުކަޒަށް އަރައިފި

އއަހުމަދު މުހައްމަދު4 މާރިޗު 2026
އީރާނުން ޤަތަރަށް އަނެއްކާވެސް ހަމަލާ ދީފިއެވެ. މި ހަމަލާ ދީފައިވަނީ ބެލިސްޓިކް މިސައިލުން ކަމަށް އީރާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. އީރާނުން މިއަދު ފޮނުވާލީ ދެ މިސައިލެވެ. މި ދެ މިސައިލުގެ ތެރެއިން އެއް މިސައިލް ޤަތަރުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ ހުއްޓުވާފައި ކަމަށް ޤަތަރުން ވަނީ ބުނެފައެވެ. އަނެއް މިސައިލްވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު އަލް އުދައިދަށް އަރާފައެވެ. މިއީ ގަލްފު ސަރަހައްދުގައިހުރި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ޤަތަރުން ވަނީ ބުނެފައެވެ. އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް އިސްވެ ހަމަލާދީ އެގައުމުގެ އެންމެ މަތީވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ އާއި އިސް އޮފިސަރުންތަކެއް ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ ބަދަލު ހިތިގޮތަކަށް ހިފާނޭ ކަމުގެ ވިހަ އިންޒާރު އީރާނުން ވަނީ ދީފައެވެ. މި އިންޒާރާއެކު އީރާނުން ގެންދަނީ އަމަލީ ގޮތުން އެކަންކުރަމުންނެވެ. އެމެރިކާގެ މަރުކަޒުތަކާއި އިސްރާއީލަށް އީރާނުން ގެންދަނީ ގަދަފަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާ ތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައި ކަމަށް އީރާނުންވަނީ ބުނެފައެވެ. އަދި އެމެރިކާއާއި އިސްރާއީލުން ވެސް ގެންދަނީ އީރާނަށް ހަމަލާ ދެމުންނެވެ. މި ހަނގުރާމައިގެ ތެރެއަށް ބޭރުގެ އެހެން ގައުމުތައް ވެސް މިހާރު ދަނީ ވަންނަމުންނެވެ. އޭގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.  

ގުޅުންހުރި ޚަބަރު