ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދެއް ލަންކާކައިރިއަށް އަޑިއަށް
ދުނިޔެ

އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދެއް ލަންކާކައިރިއަށް އަޑިއަށް

އއަހުމަދު މުހައްމަދު4 މާރިޗު 2026
އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދެއް އަވަށްޓެރި ސްރީލަންކާ ކައިރިއަށް އަޑިއަށް ހިނގައްޖެ ކަމަށް ބީބީސީ އިން ބުނެފިއެވެ. ސްރީލަންކާގެ ޑިފެންސް މިނިސްޓަރާ ހަވާލާދީ ބީބީސީ ބުނެފައިވަނީ ބޯޓު އަޑިއަށް ދިއުމުގެ ކުރީން އޭގައި ތިބި މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އެމީހުން ސަލާމަތް ކުރީ ބޯޓު އަޑިއަށް ދާން ފެށުމުން ފޮނުވި ޑިސްޓްރެސް ކޯލެއް ލިބިގެން ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އަޑިއަށް ދިޔައީ "އައިރިސް ދޭނާ" ނަމަކަށް ކިޔާ އުޅަނދެއް ކަމަށެވެ. އޭގެ ޑިސްޓްރެސް ސިގްނަލް ލިބުނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެ ބޯޓު ނުވަތަ މަނަވަރަކީ 180 މީހުންގެ ޖާގައިގެ އުޅަނދެކެވެ. ހެރަތު ވިދާޅުވީ ޒަޚަމް ވެފައިވާ 32 މީހަކު އޭގައި ތިބިކަމަށާއި އެމީހުން ވަނީ ގޯލް ބަނދަރުގެ ހޮސްޕިޓަލަކަށް ގެންގޮސްފައި ކަމަށް އޭނާވަނީ ވިދާޅުވެފައެވެ. މަނަވަރު އަޑިއަށްދިޔަ ހާދިސާގައި 140 މީހަކުވަނީ ގެއްލިފައެވެ. ބޯޓު އަޑިއަށް ދިޔަ ސަބަބެއް އެނގިފައެއް ނުވެއެވެ. ބޯޓު އަޑިއަށް ދިޔައީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގެ ތެރެއިން ބޯޓަށް ބޮން އެޅުމުގެ ސަބަބުންތޯ މަޖިލީހުގެ އިދިކޮޅު މެމްބަރަކު ސުވާލު ކުރެއްވިއެވެ. އެހެން ނަމަވެސް ހެރެތުގެ ފަރާތުން ރަސްމީ ޖަވާބެއް ލިބިފައެއް ނުވެއެވެ.  

ގުޅުންހުރި ޚަބަރު