ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
އީރާނުގެ ދެވަނަ މަނަވަރެއް ލަންކާގެ ސަރަހައްދަށް ދަތުރު ފަށައިފި
ދުނިޔެ

އީރާނުގެ ދެވަނަ މަނަވަރެއް ލަންކާގެ ސަރަހައްދަށް ދަތުރު ފަށައިފި

އއަހުމަދު މުހައްމަދު5 މާރިޗު 2026
އީރާނުގެ ހަނގުރާމަމަތީ ދެވަނަ މަނަވަރެއް ސްރީލަންކާގެ ކަނޑުގެ ސަރަހައްދާ ދިމާއަށް ދަތުރު ކުރަމުން އަންނަ ކަމަށް އެގައުމުގެ މީޑިއާ މިނިސްޓަރު ނަލިންޑާ ޖަޔަތީސާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެމަނަވަރުގައި 100 އަށް ވުރެ ގިނަ ފަޅުވެރިން އެބަތިބިކަމަށެވެ. މަނަވަރު މިހާރު އޮތީ ލަންކާ ކަނޑުގެ ސަރަހައްދުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ އެމެރިކާގެ ސަބްމެރީނަކުން ހަމަލާދީ އިއްޔެ ފައްތާލި އީރާނުގެ މަނަވަރުން ގެއްލިފައިވާ މީހުން ހޯދުމަށް އެސަރަހައްދަށްދާ މަނަވަރެއް ކަމަށް ބެލެވެއެވެ. ސްރީލަންކާގެ ކެބިނެޓްގެ ތަރުޖަމާން ވިދާޅުވީ ލަންކާގެ އައްސޭރިފަށް އިއްޔެ އަޑިއަށްދިޔަ އީރާނުގެ މަނަވަރުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އެގައުމުގެ ކަނޑުގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ. އިއްޔެ ހާދިސާގައި 32 ދެ މީހަކު ވަނީ ވަރަށްބޮޑަށް ޒަޚަމްވެފައިވެއެވެ. ލަންކާ ހޮސްޕިޓަލެއްގައި އެމީހުންނަށް ފަރުވާ ދެމުން ގެންދާ ކަމަށް ލަންކާ ސަރުކާރުން އިއްޔެ ވަނީ ބުނެފައެވެ. އަދި 140 މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ލަންކާ ކައިރީގައި އޮތް އީރާނުގެ މަނަވަރަކަށް އެމެރިކާގެ ސަބްމެރިނަކުން ހަމަލާދީ ކަނޑުފައްތައިފައިވާނޭ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. މިމަނަވަރަކީ އިންޑިއާގައި ބޭއްވި ތަމްރީނެއް ނިންމާލާފައި ދިޔަ މަނަވަރެއް ކަމަށް އެނގިފައިވެއެވެ.  

ގުޅުންހުރި ޚަބަރު