ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ސައޫދީގައި އާދަޔާ ޚިލާފު ގިނައިން މީހުންގެ ކަރު ބުރިކުރަނީ
ދުނިޔެ

ސައޫދީގައި އާދަޔާ ޚިލާފު ގިނައިން މީހުންގެ ކަރު ބުރިކުރަނީ

އއިބްރާހީމްް ސަމީރު1 އޮކްޓޯބަރު 2024
ސަޢޫދީޢަރަބިއްޔާގައި މިއަހަރު އާދަޔާ ޚިލާފަށް ގިނައިން މީހުން ދަންޖައްސައިފިއެވެ. ސަޢޫދީ އަރަބިއްޔާއަކީ ކަނޑިން ޖަހައި ކަރުބުރިކޮށްގެން ދަންޖައްސާ ޤައުމެކެވެ. މިކަމުގެ ހިސާބު ބަލައްޓަމުންދާ އެމްނެސްޓީ އިންޓަރނޭޝަނަލުން ބުނަނީ ސަޢޫދީ އަރަބިއްޔާއިން މިހާތަނަށް، 198 މީހުންގެ ކަރުބުރިކޮށްގެން މަރާލާފައިވާ ކަމަށެވެ. މިއަހަރުގެ ޖުލައި މަހު ކޮންމެ ދެ ދުވަހަކުން މީހެއްގެ ކަރު ބުރިކޮށްލާފައި ވެއެވެ. އަދި އެންމެ ގިނަ މީހުން ކަރުބުރިކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލާގައެވެ. މިހާތަނަށް މަސްތުވާތަކެތީގެ މައްސަލާގައި 53 މީހެއްގެ ކަރުބުރިކޮށްލާފައި ވެއެވެ. ސަޢޫދީގައި ސަރުކާރަށް ފާޑު ކިޔުމަކީވެސް ކަރުބުރިކޮށްލުމަށް ދިމާވެދާނެ ކަމެކެވެ. މިއަހަރު، ސަރުކާރަށް ފާޑު ކިޔައިގެން ކަރުބުރިކުރި އެކަކަކީ، ޢަބްދުލް މަޖީދު އައްނިމްރްއެވެ. އޭނާއަކީ މުސްކުޅިކޮށްފައިވާ ޓްރެފިކް ޕޮލިހެކެވެ. ވަޓްސްއެޕް ގްރޫޕެއްގައި ބައިވެރިވެގެން ސަރުކާރަށް ފާޑުކިޔަން އުޅުނު އައްނިމްރް އަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 9 އަހަރަށް ޖަލަށް ލާށެވެ. ނަމަވެސް މައްސަލަ އިސްތިއުނާފް ކުރުމުން ބޮޑު ކޯޓުން ވަނީ އޭނާގެ ޙުކުމް ދަންޖެއްސުމަށް ބަދަލުކޮށްފައެވެ. ކަރުބުރިކުރުމުގެ ކުރިން ދެ އަހަރު ވަންދެން އައްނިމްރަށް ޤާނޫނީ ވަކީލަކާ ވާހަކަ ދައްކަން ނުލިބި ހުންނަން ޖެހުނެވެ. ސަޢޫދީން ކަރު ބުރިކުރުމަށް ޙުކުމްކޮށްފައިވާ ލިސްޓުގައި ހިމެނޭ 50 މީހަކު ތަބޫކުގެ ޖަލެއްގައި ތިބި ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ގުޅުންހުރި ޚަބަރު