ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޓުރަމްޕު ބުންޏަސް އަމާނެއް ނުދޭނަން: އީރާން
ދުނިޔެ

ޓުރަމްޕު ބުންޏަސް އަމާނެއް ނުދޭނަން: އީރާން

އއަހުމަދު މުހައްމަދު7 މާރިޗު 2026
އެއްވެސް ޝަރުތަކާނުލައި އަމާން ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލް ޖޭ ޓްރަމްޕް އިރާނަށް ގޮވައިލުމުން އީރާނުން ވަރުގަދައަށް ޖަވާބު ދީފިއެވެ. އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން  ދެއްވި ތަގުރީރެއްގައި ވިދާޅުވީ އީރާނުން އިޒްރޭލާ އެކު ހަނގުރާމަ ކުރަމުންދާ ހިނދަކު ދުވަހަކުވެސް އަމާން ނުދޭނޭ ކަމަށް ވައުދުވާ ކަމަށެވެ. މިތަގުރީރުގައ އޭނާ ވިދާޅުވެފައިވަނީ އަވަށްޓެރި ގައުމުތަކަށް ހަމަލާ ދިނުން ހުއްޓާލުމަށް އީރާނުގެ ލީޑާޝިޕް ކައުންސިލުން އަންގާފައިވާ ކަމަށެވެ. އެހެން ކަމުން އަވަށްޓެރި ގައުމުތަކުން އިސްވެ ހަމަލާއެއް ނުދޭހާ ހިނދަކު ނުވަތަ އިރާނަށް ހަމަލީ ދިނުމަށް އެގައުމުތަކުގެ ވައިސަރަހައްދު ހުޅުވާނުލާ ހިނދަކު އެގައުމުތަކަށް ހަމަލާ ދިނުން މިހާރު ވަނީ ހުއްޓާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަވަށްޓެރި ގައުމުތަކަށް ހަމަލާ ދެވުނީތީ އީރާނުންވަނީ އެގައުމުތަކުގެ ކިބައިން މައާފަށް ވެސްއެދިފައެވެ. މި ހަނގުރާމައިގައި އެމެރިކާއާއި އިސްރާއީލުން ގެންދަނީ އީރާނަށް ވަރުގަދައަށް ބޮން އަޅަމުންނެވެ. މީގެ ސަބަބުން އެގައުމަށް ލިބެނުންދާ ގެއްލުންދަނީ އިތުރުވަމުންނެވެ. އެމެރިކާއިން ބުނެފައިވަނީ ކުރިއަށް އޮތީ ވަރުގަދަ ހަމަލާތަކެއް ކަމަށެވެ. އީރާނުންވެސް ގެންދަނީ އެންމެ ފަހުގެ ހަތިޔާރު ބޭނުންކޮށްގެން އެމެރިކާގެ މަސްލަހަތު އޮންނަ ތަންތަނާއި އިސްރާއީލަށް ހަމަލާދީ އަހުވަ ދައްކަމުންނެވެ. މިހަނގުރާމައިގައި މިހާތަނަށް އީރާނުން ތޭރަސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެމެރިކާއި އަދި އިސްރާއީލުން ވަނީ ބުނެފައެވެ. އީރާނުގެ ހަމަލާތަކުގައި ވެސް އެ ދެގައުމުން ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް އީރާނުންދަނީ ބުނަމުންނެވެ.  

ގުޅުންހުރި ޚަބަރު