ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމަތަކަށް މުސްލިމުން ތާއީދު ކުރަންޖެހޭ
ދުނިޔެ

އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމަތަކަށް މުސްލިމުން ތާއީދު ކުރަންޖެހޭ

އއަޙްމަދު ސަޢީދުު12 މާރިޗު 2026
ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާ ދެކޮޅަށް ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާއްމުތަކަކީ މުޅި އިސްލާމީ އުންމަތަށާއި އިންސާނިއްޔަތަށް ދެވޭ އަނިޔާއެކެވެ. މި އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ ކޮންމެ މަސައްކަތަކަށް ތާއީދުކުރުމަކީ އިސްލާމީ އަޚުވަންތަކަމުގެ މަތިވެރި ސިފައެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، އަނިޔާ ލިބެމުންދާ މީހުންނަށް އެހީތެރިވުމާއި، ބާތިލާ ދެކޮޅަށް ހައްގުގެ މަގުގައި ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ ޝަރުއީ ގޮތުން ބާރުއަޅާ ކަމެކެވެ. ފަލަސްތީނުގެ ބިމަކީ މުސްލިމުންގެ މުގައްދަސް ބިމަކަށް ވެފައި، މަސްޖިދުލް އަގްސާ މިނިވަންކުރުމަށްޓަކައި ކުރެވޭ ކޮންމެ ޖިހާދަކާއި، އެކަމަށް އެހީތެރިވާ ކޮންމެ ފަރާތަކަށް ތާއީދުކުރުމަކީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމެކެވެ. އިރާނުން ވިޔަސް ނުވަތަ އެހެން ގައުމަކުން ވިޔަސް، ޔަހޫދީންގެ އަނިޔާވެރިކަން ހުއްޓުވުމަށާއި ފަލަސްތީނުގެ ދިފާއުގައި ކުރާ މަސައްކަތްތަކަކީ، އިސްލާމީ އުންމަތުގެ އެންމެ ބޮޑު އެއް މަސްލަހަތު ކަމުގައިވާ ފަލަސްތީނު މިނިވަންކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން، އަނިޔާވެރި އިސްރާއީލާ ދެކޮޅަށް ކުރެވޭ މިފަދަ ހަނގުރާމަތަކަށް ހިތާއި ބަހުންނާއި އަމަލުން ތާއީދުކުރުމަކީ މުސްލިމުންގެ މެދުގައި އޮންނަ އާންމު އުސޫލެކެވެ. ނިންމާލަމުން ދަންނަވާނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމާއި، އެމީހުންގެ ދިފާއުގައި ތެދުވާ ފަރާތްތަކަށް ހެޔޮ ދުއާކޮށް ތާއީދުކުރުމަކީ އިސްލާމީ އަދި އިންސާނީ ގޮތުން ބަލާއިރުވެސް އެދެވިގެންވާ ކަމެކެވެ. އެންމެ މުހިންމު ކަމަކީ އަނިޔާވެރިކަން ނިމުމަކަށް އައިސް، ފަލަސްތީނަށް ފުރިހަމަ މިނިވަންކަން ލިބުމެވެ.  

ގުޅުންހުރި ޚަބަރު