ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
އިޒްރޭލުގެ ނަމުގައި ދައުލަތެއް އޮތްހާ ހިނދަކު ސުލްހަވުމެއް ނެތް: އީރާން
ދުނިޔެ

އިޒްރޭލުގެ ނަމުގައި ދައުލަތެއް އޮތްހާ ހިނދަކު ސުލްހަވުމެއް ނެތް: އީރާން

އއަޙްމަދު ސަޢީދުު12 މާރިޗު 2026
ފަލަސްތީނުގެ މުގައްދަސް ބިމަށް ވެރިވެގަނެ، މުސްލިމުންނާ ދެކޮޅަށް ލާދީނީ އުދުވާންތައް ހިންގަމުންދާ އިޒްރޭލާ މެދު އީރާނުން ވަރަށް ހަރުކަށި އިންޒާރެއް ދީފިއެވެ. އީރާނުން ހާމަކޮށްފައިވާ ގޮތުގައި، "އިޒްރޭލު" ގެ ނަމުގައި ދައުލަތެއް ދުނިޔޭގެ ޗާޓުގައި އޮތްހާ ހިނދަކު، އެއްވެސް ކަހަލަ ސުލްހައިގެ މަޝްވަރާއެއް ކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. މިއީ ފަލަސްތީނުގެ ބިމުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ދިން ސީދާ ރައްދެކެވެ. އިސްލާމީ އުންމަތުގެ ބިންތަކަށް އަރައިގަނެ، ކުށެއްނެތް އެތައް ހާސް ބަޔަކު ޝަހީދުކުރަމުންދާ އިޒްރޭލަކީ ސުލްހައަށް ލޯބިކުރާ ބައެއް ނޫންކަން މިއަދު މުޅި ދުނިޔެއަށް ވަނީ ހާމަވެފައެވެ. އިޒްރޭލުގެ އިސްތިއުމާރީ ބާރުތައް ނެތިގޮސް، ފަލަސްތީނުގެ ބިން މިނިވަންވުމަކީ މުޅި އިސްލާމީ އުންމަތުގެ އުއްމީދެވެ.

ގުޅުންހުރި ޚަބަރު