ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ޓްރަމްޕުގެ އިންޒާރުތަކަށް އީރާނުގެ ރައީސްގެ ރައްދު
ދުނިޔެ

ޓްރަމްޕުގެ އިންޒާރުތަކަށް އީރާނުގެ ރައީސްގެ ރައްދު

އއަޙްމަދު ސަޢީދުު12 މާރިޗު 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވަމުން ގެންދަވާ އިންޒާރުތަކަށް، އީރާނުގެ ރައީސް ވަނީ ފަސްޖެހުމެއް ނެތް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ދަނޑިވަޅުގައި އީރާނުން ވަނީ އެގައުމުގެ ސާބިތުކަން ހާމަކޮށްފައެވެ. އީރާނުގެ ރައީސް ވިދާޅުވީ: އަމާނެއް ނުދޭނަން: އެއްވެސް ބާރެއްގެ ކުރިމަތީގައި އީރާނުން އިސްޖަހާލައި އަމާން ނުދޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. ވެރިކަން ބަދަލެއް ނުކުރެވޭނެ: ބޭރުގެ ނުފޫޒަކުން އީރާނުގެ ވެރިކަމުގެ ނިޒާމަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި، އެއީ ރައްޔިތުންގެ ނިންމުމެއް ކަމަށް ވިދާޅުވިއެވެ. ވާހަކައެއް ނުދައްކާނަން: މިހާލަތުގައި އެމެރިކާއާއެކު އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ނުކުރާނެ ކަމަށާއި، ހަނގުރާމަ ހުއްޓާނުލާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މި ބަޔާނާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެފައިވާއިރު، އީރާނުން ބުނަނީ އެގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގައި ދޫނުދޭނެ  

ގުޅުންހުރި ޚަބަރު